ދިވެހިރާއްޖެ
އިޢުލާން
ހއ.މުރައިދޫ ކައުންސިލްގެ އައު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން
ހއ.މުރައިދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ޤާއިމްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު (IUL)256/256/2023/52 އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ބިޑެއް ހުށަހަޅާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 ސެޕްޓެންބަރު 18ވަނަ ދުވަހުން ފެށިގެން 2023 ސެޕްޓެންބަރު 28ވަނަ ދުވަހުގެ 13:30ގެ ކުރިން، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު،[email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާހާއި ގުޅުންހުރި ލިޔުންތައް އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އޮކްޓޫބަރު 08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 13:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2023 އޮކްޓޫބަރު 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
03 ރަބީޢުލްއައްވަލް 1445
18 ސެޕްޓެންބަރު 2023