މަސައްކަތް
ނަންބަރު: (IUL)256/256/2023/71
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 28 ސެޕްޓެންބަރު 2023 13:30
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ކައުންސިލްގެ އައު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހއ.މުރައިދޫ ކައުންސިލްގެ އައު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

ހއ.މުރައިދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ޤާއިމްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު (IUL)256/256/2023/52 އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ބިޑެއް ހުށަހަޅާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 ސެޕްޓެންބަރު 18ވަނަ ދުވަހުން ފެށިގެން 2023 ސެޕްޓެންބަރު 28ވަނަ ދުވަހުގެ 13:30ގެ ކުރިން، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު،[email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާހާއި ގުޅުންހުރި ލިޔުންތައް އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އޮކްޓޫބަރު  08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 13:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  

މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2023 އޮކްޓޫބަރު 05 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން  [email protected]   އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

03 ރަބީޢުލްއައްވަލް 1445

18 ސެޕްޓެންބަރު 2023

18 ސެޕްޓެންބަރު 2023