ދިވެހިރާއްޖެ
އިޢުލާން
ކ. ހުރާ މަސްވެރިންގެހިޔާ ބިން ވަގުތީގޮތުން ކުއްޔަށްދޫކުރުން – ބިޑްހުށައަޅާ ތާރީޙަށް ބަދަލު ގެނައުން
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކ. ހުރާ ރައްޔިތުންގެ ޢިމާރާތެއްކަމަށްވާ ''މަސްވެރިންގެހިޔާ'' ބިން ހޮޓާ/ކެފޭ ހިންގުމަށް ކުއްޔަށްދޫކުރަން ކުރި ނަމްބަރު:(IUL)334/334/2023/103 އިޢުލާނުގައި ބިޑް ހުށައަޅާނެ ތާރީޙަކީ 12 ސެޕްޓެމްބަރ 2023 ކަމުގައި ބަޔާން ކުރެވިފައިވާނެއެވެ. ނަމަވެސް 10 އަދި 11 ސެޕްޓެމްބަރ 2023 އަކީ ސަރުކާރު ބަންދު ދެދުވަސް ކަމުގައި ކަނޑައަޅާފައިވާތީ މި އިޢުލާނުގެ މުއްދަތަށް 2 ދުވަސް އިތުރުކޮށް މުއްދަތު ހަމަވާ ތާރީޙަކީ 14 ސެޕްޓެމްބަރ 2023 ކަމުގައި ނިންމާފައިވާނެއެވެ.
ވީމާ، މިކަމަށްއެދި ބީލަން ހުށަހަޅުއްވަން ބޭނުންވާފަރާތްތަކުން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:15އަށް ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯން 6640074 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.