ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2023/108
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 14 ސެޕްޓެންބަރު 2023 12:15
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން އަލަށް ކަނޑައެޅުނު 2 ބަންދު ދުވަހާއި ގުޅިގެން ކ. ހުރާ މަސްވެރިންގެހިޔާ ބިން ވަގުތީގޮތުން ކުއްޔަށްދޫކުރުމުގެ ބިޑްހުށައަޅާ ތާރީޙަށް ބަދަލު ގެނައުން

އިޢުލާން

ކ. ހުރާ މަސްވެރިންގެހިޔާ ބިން ވަގުތީގޮތުން ކުއްޔަށްދޫކުރުން – ބިޑްހުށައަޅާ ތާރީޙަށް ބަދަލު ގެނައުން

މިކައުންސިލްގެ  ބެލުމުގެ ދަށުގައިވާ ކ. ހުރާ ރައްޔިތުންގެ ޢިމާރާތެއްކަމަށްވާ ''މަސްވެރިންގެހިޔާ'' ބިން ހޮޓާ/ކެފޭ ހިންގުމަށް ކުއްޔަށްދޫކުރަން ކުރި ނަމްބަރު:(IUL)334/334/2023/103 އިޢުލާނުގައި ބިޑް ހުށައަޅާނެ ތާރީޙަކީ 12 ސެޕްޓެމްބަރ 2023 ކަމުގައި  ބަޔާން ކުރެވިފައިވާނެއެވެ. ނަމަވެސް 10 އަދި 11 ސެޕްޓެމްބަރ 2023 އަކީ ސަރުކާރު ބަންދު ދެދުވަސް ކަމުގައި ކަނޑައަޅާފައިވާތީ މި އިޢުލާނުގެ މުއްދަތަށް 2 ދުވަސް އިތުރުކޮށް މުއްދަތު ހަމަވާ ތާރީޙަކީ 14 ސެޕްޓެމްބަރ 2023 ކަމުގައި ނިންމާފައިވާނެއެވެ.

ވީމާ، މިކަމަށްއެދި ބީލަން ހުށަހަޅުއްވަން ބޭނުންވާފަރާތްތަކުން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:15އަށް ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯން 6640074 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

12 ސެޕްޓެންބަރު 2023