މަޤާމް:
|
ސީނިއަރ އެންވަޔަރަންމަންޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ސެކްޝަން:
|
އެއަރ ޓްރާންސްޕޯޓް ސެކްޝަން
|
އަސާސީ މުސާރަ:
|
16,650.00 ރ
|
ސާވިސް އެލަވަންސް:
|
4,000.00 ރ
|
ނޮންޕްރެކްޓިސިންގ އެލަވަންސް:
|
7,492.50 ރ
|
ޖޮބް ސްޕެސިފިކް އެލަވަންސް:
|
2,000.00 ރ
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުތު:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެރޯނޮޓިކަލް އިންޖިނިއަރިންގ، ކްލައިމެޓް ސައިންސް، ކްލައިމެޓް ޗޭންޖް، އެޓްމޮސްފެރިކް ސައިންސް، އެނާޖީ ޕޮލިސީ، އެންވަޔަރަންމަންޓަލް ޕޮލިސީ، އެންވަޔަރަންމަންޓަލް އިކޮނޮމިކްސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް ސްޓަޑީޒް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި އައިކާއޯގެ އެންވަޔަރަންމަންޓް އަދި ކްލައިމެޓް ޗޭންޖް އާ ގުޅޭ މައުލޫމާތު ހުރި ފަރާތްތަކަށް އިިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ސީނިއަރ އެންވަރަންމަންޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
- އެންވަޔަރަންމަންޓް ޕްރޮޓެކްޝަން ރެގިއުލޭޝަންސް ހެދުމަށްޓަކައި ކުރަންޖެހޭ އެނެލެސިސްތައް ހަދައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން ރެގިއުލޭޝަންސް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އަދި ވައިލްޑް ލައިފް ހެޒާޑްސް އާ ގުޅުންހުރި ޤާނުނުތަކާއި ގަވާއިދުތައް ތައްޔާރުކުރުން
- 'ނޮއިސް ރިޑަކްޝަން' އާއި 'އެއަރކްރާފްޓް އިންޖީންސް އެމިޝަން ރިޑަކްޝަންސް' އާ ގުޅުންހުރި ޕޮލިސީތައް އެކުލަވާލުމުގައި އެހީތެރިވެދިވުން
- ވައިލްޑް ލައިފް ހެޒާޑް ތަކުން ރައްކާތެރިވާނެގޮތްތަކާއި އެއަރޕޯޓްތަކުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އާ ގުޚުންހުރި ގައިޑެންސް މެޓީރިއަލްތަކާއި ޕްރޮސީޖާސްތައް އެކުލަވާލުން
- އޭވިއޭޝަން އެންވަޔަރަންމަންޓްއާ ގުޅުންހުރި ސްޓްރެޓެޖިކް އެކްޝަންސް އާއި ޑައިރެކްޝަންތައް ތައްޔާރުކުރުން
- އެއަރޕޯޓްތަކުގެ އެއަރކްރާފްޓް ނޮއިސް ރިޑަންކްޝަންއާ ގުޅުންހުރި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ސްޓޭންޑާޑްސް އެންޑް ރިކޮމެންޑެޑް ޕްރެކްޓިސަސް (ICAO SARPs) ތައް ތަންފީޒުކުރުން
- އެއަރކްރާފްޓް އިންޖީން އެމިޝަން ރިޑަންކްޝަންއާ ގުޅުންހުރި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ސްޓޭންޑާޑްސް އެންޑް ރިކޮމެންޑެޑް ޕްރެކްޓިސަސް (ICAO SARPs) ތައް ތަންފީޒުކުރުން
- އޮޕްރޭޓްރުންގެ ފަރާތުން ޓްރެފިކް އަދި ފިއުލް ބޭނުންކުރާ މިންވަރު ހޯދައި ދިވެހިރާއްޖޭގައި ކާބަންޑައި އޮކްސައިޑް ބޭނުންކުރާ މިންވަރުގެ ރިޕޯޓް ތައްޔާރުކުރުން
- ސްޓޭޓް އެކްޝަން ޕްލޭންގައިވާ ކަންކަން ކުރިއަށްދާ ވަރު ބަލައި، ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލުތައް ގެނައުން
- އެންވަޔަރަންމަންޓާއި ގުޅުންހުރި އެގްރީމަންޓްތައް ތައްޔާރުކުރުން
- އެންވަޔަރަންމަންޓް ޕްރޮޓެކްޝަންއާއި ގުޅުންހުރި މައުލޫމާތުތައް ހޯދައި ބެލުން
- ނޭޝަނަލް އެންވަޔަރަންމަންޓް ކޮމިޓީތަކުގައި ބައިވެރިވުމާއި އޮފީސް ތަމްސީލްކުރަންޖެހޭ އެކިއެކި ޖަލްސާ، ބައްދަލުވުން ފަދަ ކަންކަމުގައި އޮފީހުގެ އެންގުމާ އެއްގޮތަށް ބައިވެރިވުން
- އެންވަޔަރަންމަންޓް ޕްރޮޓެކްޝަންއާ ގުޅޭ ގައުމީ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން
- އޮފީހުގެ ބަޖެޓް ތައްޔާރު ކުރުމަށްޓަކައި ޔުނިޓްގެ ފަރާތުން ބަޖެޓްގައި ހިމެނުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮސް ހުށަހެޅުން
- ޗީފް އެގްޒެކެޓިވް ހަވާލުކުރައްވާ އެހެނިހެން މަސައްކަތްތައް
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:
|
21 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް
|
ހުށަހަޅަންޖެހޭ ލިޔުން:
|
- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
- 3 މަސްނުވާ ޕޮލިސް ރިޕޯޓް
|
އިންޓަރވިއު ކުރުން:
|
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|
ނޯޓް:
|
- އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
|