ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2023/25
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 21 ސެޕްޓެންބަރު 2023 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެންވަޔަރަމަންޓް އޮފިސަރ

މަޤާމް:

ސީނިއަރ އެންވަޔަރަންމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ޓްރާންސްޕޯޓް ސެކްޝަން

އަސާސީ މުސާރަ:

16,650.00 ރ

ސާވިސް އެލަވަންސް:

4,000.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

7,492.50 ރ

ޖޮބް ސްޕެސިފިކް އެލަވަންސް:

2,000.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެރޯނޮޓިކަލް އިންޖިނިއަރިންގ، ކްލައިމެޓް ސައިންސް، ކްލައިމެޓް ޗޭންޖް، އެޓްމޮސްފެރިކް ސައިންސް، އެނާޖީ ޕޮލިސީ، އެންވަޔަރަންމަންޓަލް ޕޮލިސީ، އެންވަޔަރަންމަންޓަލް އިކޮނޮމިކްސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް ސްޓަޑީޒް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި އައިކާއޯގެ އެންވަޔަރަންމަންޓް އަދި ކްލައިމެޓް ޗޭންޖް އާ ގުޅޭ މައުލޫމާތު ހުރި ފަރާތްތަކަށް އިިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ސީނިއަރ އެންވަރަންމަންޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. އެންވަޔަރަންމަންޓް ޕްރޮޓެކްޝަން ރެގިއުލޭޝަންސް ހެދުމަށްޓަކައި ކުރަންޖެހޭ އެނެލެސިސްތައް ހަދައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން ރެގިއުލޭޝަންސް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  3. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އަދި ވައިލްޑް ލައިފް ހެޒާޑްސް އާ ގުޅުންހުރި ޤާނުނުތަކާއި ގަވާއިދުތައް ތައްޔާރުކުރުން
  4. 'ނޮއިސް ރިޑަކްޝަން' އާއި 'އެއަރކްރާފްޓް އިންޖީންސް އެމިޝަން ރިޑަކްޝަންސް' އާ ގުޅުންހުރި ޕޮލިސީތައް އެކުލަވާލުމުގައި އެހީތެރިވެދިވުން
  5. ވައިލްޑް ލައިފް ހެޒާޑް ތަކުން ރައްކާތެރިވާނެގޮތްތަކާއި އެއަރޕޯޓްތަކުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އާ ގުޚުންހުރި ގައިޑެންސް މެޓީރިއަލްތަކާއި ޕްރޮސީޖާސްތައް އެކުލަވާލުން
  6. އޭވިއޭޝަން އެންވަޔަރަންމަންޓްއާ ގުޅުންހުރި ސްޓްރެޓެޖިކް އެކްޝަންސް އާއި ޑައިރެކްޝަންތައް ތައްޔާރުކުރުން
  7. އެއަރޕޯޓްތަކުގެ އެއަރކްރާފްޓް ނޮއިސް ރިޑަންކްޝަންއާ ގުޅުންހުރި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ސްޓޭންޑާޑްސް އެންޑް ރިކޮމެންޑެޑް ޕްރެކްޓިސަސް (ICAO SARPs) ތައް ތަންފީޒުކުރުން
  8. އެއަރކްރާފްޓް އިންޖީން އެމިޝަން ރިޑަންކްޝަންއާ ގުޅުންހުރި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ސްޓޭންޑާޑްސް އެންޑް ރިކޮމެންޑެޑް ޕްރެކްޓިސަސް (ICAO SARPs) ތައް ތަންފީޒުކުރުން
  9. އޮޕްރޭޓްރުންގެ ފަރާތުން ޓްރެފިކް އަދި ފިއުލް ބޭނުންކުރާ މިންވަރު ހޯދައި ދިވެހިރާއްޖޭގައި ކާބަންޑައި އޮކްސައިޑް ބޭނުންކުރާ މިންވަރުގެ ރިޕޯޓް ތައްޔާރުކުރުން
  10. ސްޓޭޓް އެކްޝަން ޕްލޭންގައިވާ ކަންކަން ކުރިއަށްދާ ވަރު ބަލައި، ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލުތައް ގެނައުން
  11. އެންވަޔަރަންމަންޓާއި ގުޅުންހުރި އެގްރީމަންޓްތައް ތައްޔާރުކުރުން
  12. އެންވަޔަރަންމަންޓް ޕްރޮޓެކްޝަންއާއި ގުޅުންހުރި މައުލޫމާތުތައް ހޯދައި ބެލުން
  13. ނޭޝަނަލް އެންވަޔަރަންމަންޓް ކޮމިޓީތަކުގައި ބައިވެރިވުމާއި އޮފީސް ތަމްސީލްކުރަންޖެހޭ އެކިއެކި ޖަލްސާ، ބައްދަލުވުން ފަދަ ކަންކަމުގައި އޮފީހުގެ އެންގުމާ އެއްގޮތަށް ބައިވެރިވުން
  14. އެންވަޔަރަންމަންޓް ޕްރޮޓެކްޝަންއާ ގުޅޭ ގައުމީ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން
  15. އޮފީހުގެ ބަޖެޓް ތައްޔާރު ކުރުމަށްޓަކައި ޔުނިޓްގެ ފަރާތުން ބަޖެޓްގައި ހިމެނުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮސް ހުށަހެޅުން
  16. ޗީފް އެގްޒެކެޓިވް ހަވާލުކުރައްވާ އެހެނިހެން މަސައްކަތްތައް

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

21 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
  4. 3 މަސްނުވާ ޕޮލިސް ރިޕޯޓް

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
07 ސެޕްޓެންބަރު 2023