ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ސައުންޑް ސިސްޓަމެއް ހޯދުން

އިޢުލާނު

 

މި އިދާރާއިން ރާވާ ހިންގާ އެކިއެކި ހަރަކާތްތަކާއި ޙަފްލާ ތަކުގައި ބޭނުންކުރުމަށް މިއިދާރާއަށް ސައުންޑް ސިސްޓަމެއް ހޯދަން ކުރި އިޢުލާން ނަންބަރ (IUL)237-PR/237/2023/20 ގައި ވަކި ބްރޭންޑެއް ހިމެނިފައިވާތީ އެ އިޢުލާން ބާތިލްކޮށް  އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. 

  1. 1.  ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި، އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
  2. މި މަސައްކަތުގެ އަންދާސީ ހިސާބާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލް އިދާރާއަށް ސައުންޑް ސިސްޓަމެއް ހޯދައި ދިނުމަށް " މިހެން ލިޔެފައި އޮންނަންވާނެއެވެ.

  1. 3.  އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަންބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.

21 ޞަފަރު  1445

06 ސެޕްޓެމްބަރު 2023

06 ސެޕްޓެންބަރު 2023
ހޯދާ