ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)237-PR/237/2023/22
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި:
18 ސެޕްޓެންބަރު 2023 13:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއަށް ސައުންޑް ސިސްޓަމެއް ހޯދުން
އިޢުލާނު
މި އިދާރާއިން ރާވާ ހިންގާ އެކިއެކި ހަރަކާތްތަކާއި ޙަފްލާ ތަކުގައި ބޭނުންކުރުމަށް މިއިދާރާއަށް ސައުންޑް ސިސްޓަމެއް ހޯދަން ކުރި އިޢުލާން ނަންބަރ (IUL)237-PR/237/2023/20 ގައި ވަކި ބްރޭންޑެއް ހިމެނިފައިވާތީ އެ އިޢުލާން ބާތިލްކޮށް އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- 1. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި، އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
- މި މަސައްކަތުގެ އަންދާސީ ހިސާބާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލް އިދާރާއަށް ސައުންޑް ސިސްޓަމެއް ހޯދައި ދިނުމަށް " މިހެން ލިޔެފައި އޮންނަންވާނެއެވެ.
- 3. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަންބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.
21 ޞަފަރު 1445
06 ސެޕްޓެމްބަރު 2023
06 ސެޕްޓެންބަރު 2023