ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒަށް ގަންނަންބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި މަރުކަޒަށް ތިރީގައި ދެންނެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

  • 70 އޮފީސް ގޮޑި

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތާއި މަސައްކަތާއި ގުޅޭ މައުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ސެޕްޓެމްބަރ 2023 ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓަރ ކުރާ ފަރާތްތަކަށެވެ.

20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހު 14:00 ގައި ޕްރީބިޑް ސެޝަންއެއް މި މަރުކަޒުގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް ބީލަން ހުށަހެޅޭނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި  ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/H91TxBFyncGXoqbY7  

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

07 ސެޕްޓެންބަރު 2023
ހޯދާ