ދިވެހިރާއްޖެ
މި މަރުކަޒަށް ތިރީގައި ދެންނެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- 70 އޮފީސް ގޮޑި
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތާއި މަސައްކަތާއި ގުޅޭ މައުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ސެޕްޓެމްބަރ 2023 ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓަރ ކުރާ ފަރާތްތަކަށެވެ.
20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހު 14:00 ގައި ޕްރީބިޑް ސެޝަންއެއް މި މަރުކަޒުގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/H91TxBFyncGXoqbY7
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: [email protected]