މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫން ލޯކަލް ޓުއަރިޒަމް ހަރަކާތަށް ބިމެއް ދޫކުރުމަށް އިޢުލާން ކުރުން

ނ. މަނަދޫއާމަގުގެ ދެކުނުން އިރުމަތީ ފަރާތުން ލޯކަލް ޓުއަރިޒަމް ހަރަކާތަށް ބިމެއް ދޫކުރުމަށް އިޢުލާން ކުރުން

ނ. މަނަދޫ އާމަގުގެ ދެކުނުން އިރުމަތީ ފަރާތުން 2787.09 (ދެހާސް ހަތްސަތޭކަ އަށްޑިހަ ހަތެއް / ސުމެއް ނުވައެއް އަކަ މީޓަރ) (30000 ހާސް އަކަފޫޓް) ލޯކަލް ޓުއަރިޒަމް ޙަރަކާތް ހިންގުމަށް ބިމެއް  ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

  • ބިމުގެ ބޮޑުމިން: 2787.09 (ދެހާސް ހަތްސަތޭކަ އަށްޑިހަ ހަތެއް / ސުމެއް ނުވައެއް) އަކަމީޓަރ
  • ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 01 (އެކެއް) ބިން

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

04 ސެޕްޓެމްބަރ އިން 07 ސެޕްޓެމްބަރ 2023

 

08:00 އިން 14:00 އަށް

އީމެއިލް : [email protected]

ފޯން: 6560029

މަޢުލޫމާތު ސާފުކުރުން

11 ސެޕްޓެމްބަރ 2023

ހޯމަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

ޕްރޮޕޯސަލް ހުށަހެޅުން

20 ސެޕްޓެމްބަރ 2023

ބުދަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

ވީމާ ލޯކަލް ޓުއަރިޒަމް ހަރަކާތް ހިންގުމަށް މިބިން  ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ސެޕްޓެންބަރު 2023
ހޯދާ