ދިވެހިރާއްޖެ
ނ. މަނަދޫއާމަގުގެ ދެކުނުން އިރުމަތީ ފަރާތުން ލޯކަލް ޓުއަރިޒަމް ހަރަކާތަށް ބިމެއް ދޫކުރުމަށް އިޢުލާން ކުރުން
ނ. މަނަދޫ އާމަގުގެ ދެކުނުން އިރުމަތީ ފަރާތުން 2787.09 (ދެހާސް ހަތްސަތޭކަ އަށްޑިހަ ހަތެއް / ސުމެއް ނުވައެއް އަކަ މީޓަރ) (30000 ހާސް އަކަފޫޓް) ލޯކަލް ޓުއަރިޒަމް ޙަރަކާތް ހިންގުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލު ތިރީގައި އެވަނީއެވެ.
- ބިމުގެ ބޮޑުމިން: 2787.09 (ދެހާސް ހަތްސަތޭކަ އަށްޑިހަ ހަތެއް / ސުމެއް ނުވައެއް) އަކަމީޓަރ
- ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 01 (އެކެއް) ބިން
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
|
ރަޖިސްޓްރީ ކުރުން |
04 ސެޕްޓެމްބަރ އިން 07 ސެޕްޓެމްބަރ 2023 |
|
08:00 އިން 14:00 އަށް |
އީމެއިލް : [email protected] ފޯން: 6560029 |
މަޢުލޫމާތު ސާފުކުރުން |
11 ސެޕްޓެމްބަރ 2023 |
ހޯމަ |
13:15 |
ނ.މަނަދޫ ކައުންސިލް އިދާރާ |
ޕްރޮޕޯސަލް ހުށަހެޅުން |
20 ސެޕްޓެމްބަރ 2023 |
ބުދަ |
13:15 |
ނ.މަނަދޫ ކައުންސިލް އިދާރާ |
ވީމާ ލޯކަލް ޓުއަރިޒަމް ހަރަކާތް ހިންގުމަށް މިބިން ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވިމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.