ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރެއް އެކުލަވާލުން

ނަންބަރު: (IUL)/P2C/2023/17

 

އިޢުލާން

 

އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރެއް އެކުލަވާލުން

 

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން 3 އަހަރު ދުވަހުގެ މުއްދަތަށް، ޝަރުޢީ އަގުކުރުމާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މިކޯޓުގައި އަގު ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވާތީ، އެކަމަށް އެދި މިކޯޓަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

 

އުޖޫރަ: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އަގުކޮމެޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ

-          ވަނަވަރު

-          ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-          ތައުލީމީ ސެޓުފިކެޓު / ތަމްރީން / ލައިސަންސް / ހުއްދައެއް

-          ތަޖުރިބާ ލިޔުންތައް

 

 

މިކަމަށް އެދޭ ފަރާތްތަކުން 26 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

03 ސެޕްޓެންބަރު 2023
ހޯދާ