ދިވެހިރާއްޖެ
ނަންބަރު: (IUL)/P2C/2023/17
އިޢުލާން
އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރެއް އެކުލަވާލުން
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން 3 އަހަރު ދުވަހުގެ މުއްދަތަށް، ޝަރުޢީ އަގުކުރުމާބެހޭ ޤަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މިކޯޓުގައި އަގު ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވާތީ، އެކަމަށް އެދި މިކޯޓަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
އުޖޫރަ: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ
ހުށަހަޅަންޖެހޭ ލިޔުންތައް:
- އަގުކޮމެޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
- ވަނަވަރު
- ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ތައުލީމީ ސެޓުފިކެޓު / ތަމްރީން / ލައިސަންސް / ހުއްދައެއް
- ތަޖުރިބާ ލިޔުންތައް
މިކަމަށް އެދޭ ފަރާތްތަކުން 26 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.