ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ މާރިޗުމަހުގައި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް
ތިރީގައި މިދަންނަވާ ކޯސްތަކަކީ 2015 ވަނައަހަރުގެ މާރިޗު މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ.
1- އިސްލާމް މުދައްރިސް ޑިޕްލޮމާ
2- ޤުރްއާން މުދައްރިސް ޑިޕްލޮމާ
3- ޝަރީޢަތާއި ޤާނޫނު ޑިޕްލޮމާ
ވީމާ، މި ކޯސްތަކަށް ވަންނަން އެދިލައްވާ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ކުއްލިއްޔާގެ ކައުންޓަރުންނެވެ.
މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
ލެވެލް |
ކޯހުގެ ނަން |
ޝަރުޠު |
ދަންފަޅި |
ކޯހުގެ ޖާގަ |
މުއްދަތު |
ކޯހުގެފީ |
ޑިޕްލޮމާ |
ޤުރުއާން މުދައްރިސް ޑިޕްލޮމާ |
ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ، ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ، ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ، ރ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވަލް 4 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ، ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު، ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ރޭގަނޑު |
30 |
1 އަހަރު (2 ސެމިސްޓަރ) |
(ސެމިސްޓަރ އަކަށް) -/1440 |
ޑިޕްލޮމާ |
އިސްލާމް މުދައްރިސް ޑިޕްލޮމާ |
ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ، ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ، ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ، ރ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވަލް 4 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ، ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ރޭގަނޑު |
30 |
1 އަހަރު (2 ސެމިސްޓަރ) |
(ސެމިސްޓަރ އަކަށް) -/1440 |
ޑިޕްލޮމާ |
ޝަރީޢަތާއި ޤާނޫނު ޑިޕްލޮމާ |
ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ، ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ، ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ، |
ރޭގަނޑު |
30 |
1 އަހަރު (2 ސެމިސްޓަރ) |
(ސެމިސްޓަރ އަކަށް) -/1440 |
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
- އައިޑީކާޑުގެ ކޮޕީ.
- ޕާސްޕޯޓު ސައިޒުގެ 02 ފޮޓޯ.
- އެންމެ ފަހުން އުޅުނު ސްކޫލް/ކޮލެޖްގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ. (ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާ ނުވަތަ ސަނަދެއް ހުށަހަޅާފައިނުވާނަމަ)
- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
- ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
- އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
- އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސް ކުރިން ކުއްލިއްޔާއަށް ހުށަހަޅަންވާނެއެވެ.
- ރަޖިސްޓްރޭޝަނާއި އޮރިއެންޓޭޝަން އޮންނާނީ 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ން 10:00 އަށެވެ.
- ކޯހުގެ ކިޔެވުން ފެށޭނީ 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުއެވެ.
- ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3316870 އާއި 3312718 ނަންބަރަށެވެ.
ކޯހާބެހޭ މަޢުލޫމާތު ކުއްލިއްޔާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 ން 14:00 އަށެވެ.
29 ރަބީޢުލްއާޚިރު 1436