ތަމްރީނު
ނަންބަރު: 170-AD/I/2014/04
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 10 މާރިޗު 2015 14:00
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
2015 މާރިޗުމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

2015 ވަނަ އަހަރުގެ މާރިޗުމަހުގައި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

ތިރީގައި މިދަންނަވާ ކޯސްތަކަކީ 2015 ވަނައަހަރުގެ މާރިޗު މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ.  

1-      އިސްލާމް މުދައްރިސް ޑިޕްލޮމާ  

2-      ޤުރްއާން މުދައްރިސް ޑިޕްލޮމާ 

3-      ޝަރީޢަތާއި ޤާނޫނު ޑިޕްލޮމާ  

ވީމާ، މި ކޯސްތަކަށް ވަންނަން އެދިލައްވާ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ކުއްލިއްޔާގެ ކައުންޓަރުންނެވެ.

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެފީ

ޑިޕްލޮމާ

ޤުރުއާން މުދައްރިސް ޑިޕްލޮމާ

ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،

ރ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވަލް 4 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ، 

ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު، ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ރޭގަނޑު

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ޑިޕްލޮމާ

އިސްލާމް މުދައްރިސް ޑިޕްލޮމާ

ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،

ރ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވަލް 4 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ، 

ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ރޭގަނޑު

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ޑިޕްލޮމާ

ޝަރީޢަތާއި ޤާނޫނު ޑިޕްލޮމާ

ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،

ރޭގަނޑު

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 02 ފޮޓޯ.
  • އެންމެ ފަހުން އުޅުނު ސްކޫލް/ކޮލެޖްގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ. (ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާ ނުވަތަ ސަނަދެއް ހުށަހަޅާފައިނުވާނަމަ)
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސް ކުރިން ކުއްލިއްޔާއަށް ހުށަހަޅަންވާނެއެވެ.
  • ރަޖިސްޓްރޭޝަނާއި އޮރިއެންޓޭޝަން އޮންނާނީ 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ން 10:00 އަށެވެ.
  • ކޯހުގެ ކިޔެވުން ފެށޭނީ 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3316870 އާއި 3312718 ނަންބަރަށެވެ.

ކޯހާބެހޭ މަޢުލޫމާތު ކުއްލިއްޔާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 ން 14:00 އަށެވެ.

29 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015