ދިވެހިރާއްޖެ
- ރަތަފަންދޫ ސިނާޢީ ސަރަޙައްދު 7 ނަންބަރު ބިން ކުއްޔަށް ދޫކުރުން .
ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 7 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު : 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
# |
ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
1 |
ސިނާޢި ސަރަހައްދު 7 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢީމާރާތް ތަކާއެކު |
5000 އަކަފޫޓު |
-/500 ރުފިޔާ |
ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު
1- ޢިމާރާތް 10.33x10.83 ފޫޓުގެ އެޅިގަލުން ރާނައި ތަޅުން އަޅާފައި ދޮރު ފަތެއްނެތް .
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް.
1 – ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .
- އިޖުތިމާއީގޮތުން ވެދެވޭ ޢިނާޔަތް
1- އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް 7 ނަންބަރު ބިމަށް ދެވޭ ޢިނާޔަތް މަހަކު -/500 ރ އަށްވުރެ ކުޑަވެގެންނުވާނެއެވެ.
- ބިން ތަރައްގީކުރުން
1- މިބިން ތަރައްގީ ކުރުމަށް މިގޯތީގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް ރޭނުން .
7 ނަންބަރު ބިމުގެ ވަށާ އިންފާރު 36 މަސްދުވަހުގެ ތެރޭގައި ރާނައި ނިންމަންޖެހެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
ބިން ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ތަން ދޫކޮށްލާނަމަ 1 އަހަރު ދުވަހުގެ ކުއްޔާއި އެއަހަރު އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟
މާކްސް ދެވޭ ގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅަ މަހުކުއްޔަށް |
50% |
|
ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން |
10% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
40% |
|
29 ރަބީޢުލްއާޚިރު 1436