ކުއްޔަށް ދިނުން
ނަންބަރު: 420/2015/07
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:23
ސުންގަޑި: 09 މާރިޗު 2015 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ސިނާޢީ ސރަޙައްދު 7 ނަންބަރު ބިން ކުއްޔަށްދޫކުރުން

  • ރަތަފަންދޫ ސިނާޢީ ސަރަޙައްދު 7 ނަންބަރު ބިން ކުއްޔަށް ދޫކުރުން .

ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 7 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު : 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ސިނާޢި ސަރަހައްދު 7 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢީމާރާތް ތަކާއެކު  

5000 އަކަފޫޓު

-/500 ރުފިޔާ

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު

1- ޢިމާރާތް 10.33x10.83 ފޫޓުގެ އެޅިގަލުން ރާނައި ތަޅުން އަޅާފައި ދޮރު ފަތެއްނެތް .   

  އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް.

1 – ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .

  • އިޖުތިމާއީގޮތުން ވެދެވޭ ޢިނާޔަތް

1- އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް 7 ނަންބަރު ބިމަށް ދެވޭ ޢިނާޔަތް މަހަކު -/500 ރ އަށްވުރެ ކުޑަވެގެންނުވާނެއެވެ.   

  • ބިން ތަރައްގީކުރުން

1- މިބިން ތަރައްގީ ކުރުމަށް މިގޯތީގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް ރޭނުން .

7 ނަންބަރު ބިމުގެ ވަށާ އިންފާރު 36 މަސްދުވަހުގެ ތެރޭގައި ރާނައި ނިންމަންޖެހެއެވެ.

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

ބިން ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ތަން ދޫކޮށްލާނަމަ 1 އަހަރު ދުވަހުގެ ކުއްޔާއި އެއަހަރު އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާ ދައްކަންޖެހެއެވެ.   

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
  • ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން ބަލާނެ ކަންތައްތައް

1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

މާކްސް ދެވޭ ގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅަ މަހުކުއްޔަށް

50%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން   

10%
  • ބިމުގެ ވަށާ އިންފާރު 1 ފޫޓު އުސްމިނަށް ރޭނުން    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

40%

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެ ދީލަތި އެހީއަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އެހީއެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015