މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޝަން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

  1. އެޑްމިނިސްޓްރޭޝަން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

  1. އަސާސީ މުސާރަ: -/13,000 ރުފިޔާ
  2. ޕްރޮފެޝަނަލް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/135 ރުފިޔާ
  3. ސަރވިސް އެލަވަންސް: -/3500 ރުފިޔާ
  4. ފޯން އެލަވަންސް: -/300 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު

  • ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފާވުމާއިއެކު، ބިޒްނަސް މެނޭޖްމެންޓް ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކާމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަނުންގެ ބިޒްނަސް ޕްލޭން ތައްޔާރު ކުރުން
  • ކޯޕަރޭޝަނުންގެ ކުއާޓަލީ ރިޕޯޓް ތައްޔާރު ކުރުން
  • ކޯޕަރޭޝަންގެ އޮޕަރޭޝަން ހަރުދަނާ ކުރުމާއި ތަރައްޤީ ކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން
  • ކޯޕަރޭޝަންގެ އިދާރީ މުވައްޒަފުންނާއި، ކަސްޓަމަރ ރިލޭޝަންގެ މުވައްޒަފުންގެ މަސަކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން
  • އީގަވަރމަންޓް މެދުވެރިކޮށް ކޯޕަރޭޝަނަށް ލިބޭ ސިޓީތައް އަދި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތައް ޗެކުކުރުމާއި، ރޫޓު ކުރުމަށް މުވައްޒަފުންނާއި ހަވާލުކުރުމާއި، ކޯޕަރޭޝަނުން ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބު ދެމުންދާތޯ ޗެކުކުރުން
  • އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • ބިޒްނަސް ޕްރޮޕޯސަލް ތައްޔާރުކުރުމާއި އެއާގުޅޭ ދިރާސާ ހެދުން
  • ކޯޕަރޭޝަނުން އެކުލަވައިލާ ޚާއްޞަ ރިޕޯޓުތަކަށް ބޭނުންވާ ދިރާސާތައްކުރުމާއި ކުރެވޭ ދިރާސާތަކުގެ މައްޗަށް ރިޕޯޓު އެކުލަވައިލުމާއި ވިލަރެސްކޮށް ކުރިއަށް ގެންދިއުން
  • ދުވަހުންދުވަހަށް ކޯޕަރޭޝަނަށް ލިބޭ ސިޓީފަދަ ތަކެއްޗަށް ވެރިއެއްގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުން
  • ކޯޕަރޭޝަންގެ އިދާރީ ކަންތައްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެސް.އޯޕީ. ތައްޔާރުކުރުން.
  • ޙައްޖާއި ޢުމްރާއާ ގުޅޭގޮތުން ޢާންމު ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތާއި އަދި ހަމަޖައްސަންޖެހޭ އެހެނިހެން އިދާރީ ކަންތައްތަކުގައި އެހީތެރިވުން
  • ކޯޕަރޭޝަންގެ ފަރާތުން ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ ޔައުމިއްޔާ ކޮންމެ ހަފުތާއެއް ނިމުމުން ތައްޔާރުކުރޭތޯ ބެލުމާއި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުންދާކަން ޔަޤީންކުރުން

މަސައްކަތު ވަގުތު:

  1. މި ކޯޕަރޭޝަންގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

02 މާރިޗު 2015 ވާ ހޯމަ ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި  މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

19 ފެބުރުވަރީ 2015
ހޯދާ