ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
- އެޑްމިނިސްޓްރޭޝަން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މުސާރަ:
|
- އަސާސީ މުސާރަ: -/13,000 ރުފިޔާ
- ޕްރޮފެޝަނަލް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/135 ރުފިޔާ
- ސަރވިސް އެލަވަންސް: -/3500 ރުފިޔާ
- ފޯން އެލަވަންސް: -/300 ރުފިޔާ
|
ފެންވަރު ނުވަތަ ޝަރުޠު
|
- ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފާވުމާއިއެކު، ބިޒްނަސް މެނޭޖްމެންޓް ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކާމާއެކު މުޢާމަލާތް ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ކޯޕަރޭޝަނުންގެ ބިޒްނަސް ޕްލޭން ތައްޔާރު ކުރުން
- ކޯޕަރޭޝަނުންގެ ކުއާޓަލީ ރިޕޯޓް ތައްޔާރު ކުރުން
- ކޯޕަރޭޝަންގެ އޮޕަރޭޝަން ހަރުދަނާ ކުރުމާއި ތަރައްޤީ ކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން
- ކޯޕަރޭޝަންގެ އިދާރީ މުވައްޒަފުންނާއި، ކަސްޓަމަރ ރިލޭޝަންގެ މުވައްޒަފުންގެ މަސަކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން
- އީގަވަރމަންޓް މެދުވެރިކޮށް ކޯޕަރޭޝަނަށް ލިބޭ ސިޓީތައް އަދި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތައް ޗެކުކުރުމާއި، ރޫޓު ކުރުމަށް މުވައްޒަފުންނާއި ހަވާލުކުރުމާއި، ކޯޕަރޭޝަނުން ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބު ދެމުންދާތޯ ޗެކުކުރުން
- އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
- ބިޒްނަސް ޕްރޮޕޯސަލް ތައްޔާރުކުރުމާއި އެއާގުޅޭ ދިރާސާ ހެދުން
- ކޯޕަރޭޝަނުން އެކުލަވައިލާ ޚާއްޞަ ރިޕޯޓުތަކަށް ބޭނުންވާ ދިރާސާތައްކުރުމާއި ކުރެވޭ ދިރާސާތަކުގެ މައްޗަށް ރިޕޯޓު އެކުލަވައިލުމާއި ވިލަރެސްކޮށް ކުރިއަށް ގެންދިއުން
- ދުވަހުންދުވަހަށް ކޯޕަރޭޝަނަށް ލިބޭ ސިޓީފަދަ ތަކެއްޗަށް ވެރިއެއްގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުން
- ކޯޕަރޭޝަންގެ އިދާރީ ކަންތައްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެސް.އޯޕީ. ތައްޔާރުކުރުން.
- ޙައްޖާއި ޢުމްރާއާ ގުޅޭގޮތުން ޢާންމު ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތާއި އަދި ހަމަޖައްސަންޖެހޭ އެހެނިހެން އިދާރީ ކަންތައްތަކުގައި އެހީތެރިވުން
- ކޯޕަރޭޝަންގެ ފަރާތުން ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ ޔައުމިއްޔާ ކޮންމެ ހަފުތާއެއް ނިމުމުން ތައްޔާރުކުރޭތޯ ބެލުމާއި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުންދާކަން ޔަޤީންކުރުން
|
މަސައްކަތު ވަގުތު:
|
- މި ކޯޕަރޭޝަންގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ
- ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
|
ސުން ގަޑި:
|
02 މާރިޗު 2015 ވާ ހޯމަ ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓް:
|
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އަމީނީމަގު، 20379
މާލެ، ދިވެހިރާއްޖެ
|