ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތު ކުރުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދިނުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ތ. ކިނބިދޫ ކުރީގެ ބައު ސްކޫލް، ޕްރީސްކޫލަކަށް މަރާމާތު ކުރުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 01 މާރިޗު 2015 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 05 މާރިޗު 2015 ދުވަހުގެ މެންދުރު ކުރީގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ނުވާވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

- މަސައްކަތުގެ އަގަށް %85  (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 85x )

- މުއްދަތަށް     % 05  (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 5x )

- މާލީ ތަނަވަސްކަން % 05  (ބޭންކް ސްޓޭޓްމެންޓްގައިވާ ވޭތުވެދިޔަ 6 މަސްދުވަހުގެ އެވްރެޖް ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު × 5 )

- ތަޖުރިބާއަށް   % 05   (މިބަޔަށް ޕޮއިންޓް ދެވޭނީ ސަރުކާރުގެ މަސައްކަތްތައް ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަސައްކަތްތައް ކޮށްގެން ދޫކޮށްފައިވާ ލިއުންތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.)

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015
ހޯދާ