ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ތ. ކިނބިދޫ ކުރީގެ ބައު ސްކޫލް، ޕްރީސްކޫލަކަށް މަރާމާތު ކުރުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 01 މާރިޗު 2015 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 05 މާރިޗު 2015 ދުވަހުގެ މެންދުރު ކުރީގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ނުވާވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު
- މަސައްކަތުގެ އަގަށް %85 (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 85x )
- މުއްދަތަށް % 05 (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 5x )
- މާލީ ތަނަވަސްކަން % 05 (ބޭންކް ސްޓޭޓްމެންޓްގައިވާ ވޭތުވެދިޔަ 6 މަސްދުވަހުގެ އެވްރެޖް ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު × 5 )
- ތަޖުރިބާއަށް % 05 (މިބަޔަށް ޕޮއިންޓް ދެވޭނީ ސަރުކާރުގެ މަސައްކަތްތައް ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަސައްކަތްތައް ކޮށްގެން ދޫކޮށްފައިވާ ލިއުންތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.)
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަބީޢުލްއާޚިރު 1436