މަޤާމު:
|
އެސިސްޓަންޓް އެޗް. އާރ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3 )
|
މުސާރަ:
|
4,465.00 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު -/1,500 ރުފިޔާ
|
އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
ކ. މާލެ
|
ސެކްޝަން:
|
ކޯޕަރޭޓް އެފެއާޒް ޑިވިޜަން/ އެޗް.އާރް ސެކްޝަން
|
މަޤާމުގެ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓުފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މިނިސްޓްރީގެ ޓްރޭނިންގް (ޝޯރޓް ޓަރމް) ޕްރޮގްރާމްތައް ރާވައި ބެލެހެއްޓުމުގަ އެހީތެރިވެދިނުން.
- މިނިސްޓްރީ އަށް އަންނަ ސެމިނާރ، ވޯކްޝޮޕްސް އަދި ކޯސްތަކުގެ އެންމެހައި ކަންތައް ކުރުން.
- މުވައްޒަފުން އިންޑަކްޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިވެދިނުން.
- ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް އެފަރާތްތަކާ ހަވާލު ކުރުން.
- މެނޭޖްމަންޓްއަށް ބޭނުންވާ ހިއުމަން ރިސޯރސްގެ ޑޭޓާ އެނެލިސިސް ހެދުމާއި ސްޓެޓިސްޓިކްސް މަސައްކަތްކުރުން.
- ކުރާމަސައްކަތާއި ގުޅޭގޮތުން ފޮނުވަންޖެހޭއެންމެހާ ލިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ސެކްޝަނަށް ހޯދަންޖެހޭ ތަކެތި ހޯދުން އަދި ސެކްޝަނުގެ ކުރަންޖެހޭ މަރާމާތު ކުރުވުން.
|
އުޖޫރައާއި އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ
- ފިނޭންސް އެލަވަންސްގެ ގޮތުގައި %35 ދެވޭނެއެވެ.
- އާސަންދަ (ހެލްތް އިންޝުރަންސް)
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ.
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު.
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން).
|
ސުންގަޑި:
|
26 ފެބުރުވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.
|