ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/44
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 26 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް އެޗް. އާރ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓަންޓް އެޗް. އާރ އޮފިސަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3 )

މުސާރަ:

4,465.00 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން/ އެޗް.އާރް ސެކްޝަން 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓުފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީގެ ޓްރޭނިންގް (ޝޯރޓް ޓަރމް) ޕްރޮގްރާމްތައް ރާވައި ބެލެހެއްޓުމުގަ އެހީތެރިވެދިނުން.
  • މިނިސްޓްރީ އަށް އަންނަ ސެމިނާރ، ވޯކްޝޮޕްސް އަދި ކޯސްތަކުގެ އެންމެހައި ކަންތައް ކުރުން.
  • މުވައްޒަފުން އިންޑަކްޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިވެދިނުން.
  • ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް އެފަރާތްތަކާ ހަވާލު ކުރުން.
  • މެނޭޖްމަންޓްއަށް ބޭނުންވާ ހިއުމަން ރިސޯރސްގެ ޑޭޓާ އެނެލިސިސް ހެދުމާއި ސްޓެޓިސްޓިކްސް މަސައްކަތްކުރުން.
  • ކުރާމަސައްކަތާއި ގުޅޭގޮތުން ފޮނުވަންޖެހޭއެންމެހާ ލިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ސެކްޝަނަށް ހޯދަންޖެހޭ ތަކެތި ހޯދުން އަދި ސެކްޝަނުގެ ކުރަންޖެހޭ މަރާމާތު ކުރުވުން.

އުޖޫރައާއި އިނާޔަތްތައް:

  •   އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ
  •   ފިނޭންސް އެލަވަންސްގެ ގޮތުގައި %35 ދެވޭނެއެވެ.
  •   އާސަންދަ (ހެލްތް އިންޝުރަންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު.  
  • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

26 ފެބުރުވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

 27 ރަބީޢުލްއާޚިރު 1436

 

16 ފެބުރުވަރީ 2015