މަޤާމް
|
ސެކިއުރިޓީ އެންޑް ސަޕޯރޓް ސްޓާފް
|
މަޤާމުގެ ރޭންކް
|
L11 – H2
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު
|
އަސާސީ މުސާރަ
|
-/4,700 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2,500 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކުންފުނީގެ މެއިންޓަނަންސް އެންމެހާ މަސައްކަތް، އަމިއްލައަށް ފެނިގެންނާއި ސްޕަވައިޒަރުން އަންގާ ގޮތެއްގެ މަތީން ކުރަމުން ގެންދިއުން؛
- ކުންފުނީގެ ޢިމާރާތްތައް ފޮޅައި ސާފުކުރުން؛
- ކުންފުނީގެ ޢިމާރާތްތަކުގެ އެތެރެއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުން؛
- ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ސްޓޫޑިއޯތައް ތައްޔާރުކޮށް ސެޓްތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން;
- ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭނެކަމަށް ވެރިން ކަނޑައަޅާ ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން؛
- ސެކިއުރިޓީ ކަންކަން ބެލެހެއްޓުމާއި އަމަލީގޮތުން މަސައްކަތް ކުރުން،
- ކުންފުނީގެ ސެކިއުރިޓީ ފޮލިސީ ތަންފީޒުކުރުމަށް ޢަމަލީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުން.
- ސްޕަވައިޒަރ އެ އިރެއްގައި ދޭ ލަފައާ އެއްގޮތަށް ސެކިއުރިޓީ ބެލެހެއްޓުމަކަށް އެހިނދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ޢަމަލީގޮތުން ތަންފީޒުކުރުން.
|
މަޤާމުގެ ޝަރުތު:
|
- ލިޔަންކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން، ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 26 އޮގަސްޓު 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207 ، 3000364 އާއި ގުޅުއްވުން އެދެމެވެ.
|