ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2022/231
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 26 އޮގަސްޓް 2023 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސެކިއުރިޓީ އެންޑް ސަޕޯރޓް ސްޓާފް

މަޤާމް :ސެކިއުރިޓީ އެންޑް ސަޕޯރޓް ސްޓާފް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ސެކިއުރިޓީ އެންޑް ސަޕޯރޓް ސްޓާފް

މަޤާމުގެ ރޭންކް

L11 – H2

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/4,700 ރުފިޔާ

ސަރވިސް އެލަވަންސް

-/2,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  •  ކުންފުނީގެ މެއިންޓަނަންސް އެންމެހާ މަސައްކަތް، އަމިއްލައަށް ފެނިގެންނާއި ސްޕަވައިޒަރުން އަންގާ ގޮތެއްގެ މަތީން ކުރަމުން ގެންދިއުން؛
  • ކުންފުނީގެ ޢިމާރާތްތައް ފޮޅައި ސާފުކުރުން؛
  • ކުންފުނީގެ ޢިމާރާތްތަކުގެ އެތެރެއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުން؛
  • ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ސްޓޫޑިއޯތައް ތައްޔާރުކޮށް ސެޓްތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން;
  • ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭނެކަމަށް ވެރިން ކަނޑައަޅާ ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން؛
    • ސެކިއުރިޓީ ކަންކަން ބެލެހެއްޓުމާއި އަމަލީގޮތުން މަސައްކަތް ކުރުން،
    • ކުންފުނީގެ ސެކިއުރިޓީ ފޮލިސީ ތަންފީޒުކުރުމަށް ޢަމަލީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުން.
    • ސްޕަވައިޒަރ އެ އިރެއްގައި ދޭ ލަފައާ އެއްގޮތަށް ސެކިއުރިޓީ ބެލެހެއްޓުމަކަށް އެހިނދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ޢަމަލީގޮތުން ތަންފީޒުކުރުން.

މަޤާމުގެ ޝަރުތު:

  • ލިޔަންކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 26 އޮގަސްޓު 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207 ، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

  28 މުޙައްރަމް 1445 

15 އޮގަސްޓް 2023