ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުން ކުޅޭބިން ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް

                                ނަންބަރ: GS43-B/2023/57

ބީލަން ހުށަހެޅުމުގެ ދައުވަތު

މިސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ދަރިވަރުން ކުޅޭބިން  ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2023/42 އިޢުލާނަށް އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅުއްވާފައި ނުވާތީ ދެ ވަނަ ފަހަރަށް މި ބީލަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް  ފުރުސަތު ހުޅުވާލަމެވެ.

މިޕްރޮޖެކްޓްގައި  ބައިވެރިވާން  އެދޭ ފަރާތްތަކުން 15 އޮގަސްޓް 2023 އިން 20 އޯގަސްޓް 2023 އަށް  ބަންދުނޫން  ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.

ޕްރޮޖެކްޓާއިބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 22 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ދިނުން  މިސްކޫލްގެ ޖަލްސާކުރާ މާލަމުގައި ހަމަޖެހިފައިވެއެވެ.

ރަޖިސްޓްރީ ކުރާއިރު ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

 ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 އޮގަސްޓް 2023 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

ހިތަދޫ، އައްޑޫ

ފޯން: 7030-688

އީ-މެއިލް: [email protected]

14 އޮގަސްޓް 2023
ހޯދާ