ދިވެހިރާއްޖެ
ނަންބަރ: GS43-B/2023/57
ބީލަން ހުށަހެޅުމުގެ ދައުވަތު |
މިސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ދަރިވަރުން ކުޅޭބިން ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2023/42 އިޢުލާނަށް އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅުއްވާފައި ނުވާތީ ދެ ވަނަ ފަހަރަށް މި ބީލަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 އޮގަސްޓް 2023 އިން 20 އޯގަސްޓް 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.
ޕްރޮޖެކްޓާއިބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 22 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ދިނުން މިސްކޫލްގެ ޖަލްސާކުރާ މާލަމުގައި ހަމަޖެހިފައިވެއެވެ.
ރަޖިސްޓްރީ ކުރާއިރު ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]