މަޤާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކް
|
ޖީ. އެސް 4 (ޖެނެރަލް ސަރވިސް 4)
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 2
|
އޮފީސް/އިދާރާ
|
އަލިފުށީ ކައުންސިލްގެ އިދާރާ
|
ޔުނިޓް
|
ކޯޕަރޭޓް އެފެއާޒް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
އަލިފުށީ ކައުންސިލްގެ އިދާރާ
|
މުސާރަ
|
މަހަކު 5020.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 1500.00 ރުފިޔާ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠުތައް
|
- މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' އީ ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލުސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައި، ސެކަންޑަރީ ސްކޫލުސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އިދާރާއާއި އިދާރާގެ ދަށުގައިވާ ޢިމާރާތްތަކާއި ތަންތަނުގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
- ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- އިދާރާއިން ބަލަހައްޓަމުންގެންދާ ސްޓޮކްތައް ފުރިހަމަކޮށް ބެލެހެއްޓުން.
- އިދާރާއަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެންޓްރީ ބެލެހެއްޓުން.
- ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ފިހާރަ، ހޮޓާ، ކެންޓީން، ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގެ ހުއްދަދޫކުރުމާއި ބާޠިލުކުރުމުގެ ކަންކަން ކުރުން.
- ސާފުތާހިރުކަމުގެ ސެޓްފިކެޓް ދޫކުރުމާއި ބާޠިލުކުރުމުގެ ކަންކަންކުރުން.
- މަސްވެރިކަން ކުރުމުގެ ލައިންސަންސް ދޫކުރުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރުން.
- ހުކުރު ނަމަދާއި ޢީދު ނަމާދާއި ކޭތަ ނަމާދު ފަދަ ނަމާދުތައް ކުރުމަށް އިމާމުން ހަމަޖެއްސުމާގުޅޭ މަސައްކަތްތަކާއި، އެ ނަމާދުތައް ކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން.
- ރަށުގެ ތަފާސްހިސާބު، އިދާރާގެ އެހެން މުވައްޒަފުންގެ އެހީއާއެކު ނަގައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކައުންސިލްގެ ބެލުމުގެދަށުން ޚިދުމަތްދެވޭ ތަންތަނަށާއި، ކައުންސިލްގެ ޢިމާރާތްތަކާއި އުޅަނދުފަހަރަށާއި، ރަށުގެ މަގުތަކަށާއި، ޕާކު ފަދަ ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މީގެ އިތުރުންވެސް، ވަޒީފާގެ މަސްޢޫލިއްޔަތާ ގުޅިގެން ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އަދި ޒިންމާދާރު ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތާ ހަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- ލިބިފައިވާ މަސައްކަތުގެ ހުނަރު.
- އިންޓަވިއު.
|
އިންޓަރވިއުއާއި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
2015 ފެބުރުވަރީ 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6580021 އެވެ.)
|
އުޖޫރައާއި ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6580021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580021 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|