ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-298/2015/09
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 26 ފެބުރުވަރީ 2015 15:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:         

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް

ޖީ. އެސް 4 (ޖެނެރަލް ސަރވިސް 4)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

އޮފީސް/އިދާރާ

އަލިފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ

މަހަކު 5020.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1500.00 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަނުގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  ނުވަތަ؛
  2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' އީ ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލުސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައި، ސެކަންޑަރީ ސްކޫލުސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިދާރާއާއި އިދާރާގެ ދަށުގައިވާ ޢިމާރާތްތަކާއި ތަންތަނުގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
  2. ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  3. އިދާރާއިން ބަލަހައްޓަމުންގެންދާ ސްޓޮކްތައް ފުރިހަމަކޮށް ބެލެހެއްޓުން.
  4. އިދާރާއަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. އެންޓްރީ ބެލެހެއްޓުން.
  6. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާއި،  ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ފިހާރަ، ހޮޓާ، ކެންޓީން، ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގެ ހުއްދަދޫކުރުމާއި ބާޠިލުކުރުމުގެ ކަންކަން ކުރުން.
  8. ސާފުތާހިރުކަމުގެ ސެޓްފިކެޓް ދޫކުރުމާއި ބާޠިލުކުރުމުގެ ކަންކަންކުރުން.
  9. މަސްވެރިކަން ކުރުމުގެ ލައިންސަންސް ދޫކުރުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10.  ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރުން.
  11. ހުކުރު ނަމަދާއި ޢީދު ނަމާދާއި ކޭތަ ނަމާދު ފަދަ ނަމާދުތައް ކުރުމަށް އިމާމުން ހަމަޖެއްސުމާގުޅޭ މަސައްކަތްތަކާއި، އެ ނަމާދުތައް ކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން.
  12. ރަށުގެ ތަފާސްހިސާބު، އިދާރާގެ އެހެން މުވައްޒަފުންގެ އެހީއާއެކު ނަގައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.
  13. ކައުންސިލްގެ ބެލުމުގެދަށުން ޚިދުމަތްދެވޭ ތަންތަނަށާއި، ކައުންސިލްގެ ޢިމާރާތްތަކާއި އުޅަނދުފަހަރަށާއި، ރަށުގެ މަގުތަކަށާއި، ޕާކު ފަދަ ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  14. މީގެ އިތުރުންވެސް، ވަޒީފާގެ މަސްޢޫލިއްޔަތާ ގުޅިގެން ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އަދި ޒިންމާދާރު ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތާ ހަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ މަސައްކަތުގެ ހުނަރު.
  4. އިންޓަވިއު.

އިންޓަރވިއުއާއި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

2015 ފެބުރުވަރީ 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6580021 އެވެ.)

އުޖޫރައާއި ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6580021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580021 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.        

                                          25 ރަބީޢުލްއާޚިރު 1436

15 ފެބުރުވަރީ 2015