މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖްކެޓް ކޯޑިނޭޓަރ

                                      އިޢުލާން

މަޤާމު

ޕްރޮޖްކެޓް ކޯޑިނޭޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 / އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

257042

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

ސިވިލް ކޮންޓްރެކްޓްސް ޔުނިޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/7035ރ

ސަރވިސް އެލަވަންސް: -/2000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ހަވާލުކުރެވޭ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްކުރުން.
  2. ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި ބިލްތައް ސަރޓިފައިކުރުން.
  3. ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކޮށް ސަރުކާރު އެކި ޢިދާރާތަކަށް ފޮނުވަންޖެހޭ ޕްރޮޖެކްޓް މޮނިޓަރިން ފޯމްތައް އަޕްޑޭޓްކޮށް ފޮނުވުން. 
  4. ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ތަޢުލީމު ޙާސިލްކޮށްފައިވާ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ފޯރުކޮށްދެންޖެހޭ ޓެކްނިކަލް އިރުޝާދު ފޯރުކޮށްދިނުން.
  5. ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ރާވައި ހިންގުމަށް މިނިސްޓްރީގެ ފަރާތުން ތައްޔާރުކުރަންޖެހޭ ޓެކްނިކަލް ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  6. މިނިސްޓްރީގެ ފަރާތުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތުގެ ކޮލިޓީ ކޮންޓްރޯލްކުރުމުގެ ގޮތުން މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާނެ ގޮތްތަކެއް ރޭވުމުގައި އެހީތެރިވެދިނުން. 
  7. ދަށުން މަސައްކަތްކުރާ މުވައްޒަފުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ޓާރގެޓް ކަނޑައަޅާ ފެންވަރުބަލައި މުއްދަތުގެ ތެރޭގައި ފެންވަރުބަލައި ޓީމްލީޑަރަށް ރިޕޯޓުކުރުން.
  8. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައިކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  9. ޔުނިޓާއި ހަވާލުކުރެވޭ މަޝްރޫޢުތައް ކޮންޓްރެކްޓްގައިވާ ޓައިމްލައިނާ އެއްގޮތަށް ހިންގުން.
  10. މަޝްރޫޢުތައް ހިނގަމުންދާއިރު ދޭންޖެހޭ ވޭރިއޭޝަން އެޕްރޫވަލްތައް ޑިޕާޓްމަންޓްގެ ކަމާބެހޭ އެހެން ޔުނިޓްތަކުގެ ލަފާއާއެކު ދިނުން.
  11. މަޝްރޫޢުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭ ޙާލަތްތަކުގައި، ސިވިލް ޑިޒައިން އެންޑް ކޮންސަލްޓެންސީ ސެކްޝަން ގެ އެހީގައި އެ ބަދަލުތައް ގެނައުން.
  12. ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް މޮނިޓަރ ކުރުމަށްޓަކައި އެޕްރައިޒަލް އެންޑް ވެލުއޭޝަން ޔުނިޓަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުން.
  13. މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމުން ރަސްމީކޮށް އެމަޝްރޫޢެއްހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  14. މަޝްރޫޢުގެ މަސައްކަތްނިމިގެން ހިނގަމުންދާ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑްގައި ފާހަގަކުރެވޭ މައްސަލަތަށް މުއްދަތު ހަމަވުމުގެ ކުރިން ކޮންޓްރެކްޓަރުންނަށް އަންގައި ރަނގަޅުކުރުވުން. އަދި ކޮންޓްރެކްޓަރަށް ރަނގަޅުނުކުރެވޭ ޙާލަތުގައި އެމަސައްކަތް އެހެންފަރާތަކާއި ހަވާލުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  15. ކޮންސަލްޓަންޓުންނާއި ހަވާލުކޮށްގެން ހިންގޭ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓާއި އެއްގޮތަށްތޯ ބެލުން.
  16. ބޭރުގެ ފަންޑިންގެ އެހީގައި ހިންގޭ މަޝްރޫޢުތައް އެފަދަ އޭޖޭންސީތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިއަށްގެންދޭތޯ ބެލުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލުު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް) ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015
ހޯދާ