މަޤާމު
|
ޕްރޮޖްކެޓް ކޯޑިނޭޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް. 3 / އެސިސްޓެންޓް ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމް ނަންބަރު
|
257042
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ސިވިލް ކޮންޓްރެކްޓްސް ޔުނިޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/7035ރ
ސަރވިސް އެލަވަންސް: -/2000ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ހަވާލުކުރެވޭ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްކުރުން.
- ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި ބިލްތައް ސަރޓިފައިކުރުން.
- ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކޮށް ސަރުކާރު އެކި ޢިދާރާތަކަށް ފޮނުވަންޖެހޭ ޕްރޮޖެކްޓް މޮނިޓަރިން ފޯމްތައް އަޕްޑޭޓްކޮށް ފޮނުވުން.
- ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ތަޢުލީމު ޙާސިލްކޮށްފައިވާ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ފޯރުކޮށްދެންޖެހޭ ޓެކްނިކަލް އިރުޝާދު ފޯރުކޮށްދިނުން.
- ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ރާވައި ހިންގުމަށް މިނިސްޓްރީގެ ފަރާތުން ތައްޔާރުކުރަންޖެހޭ ޓެކްނިކަލް ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- މިނިސްޓްރީގެ ފަރާތުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތުގެ ކޮލިޓީ ކޮންޓްރޯލްކުރުމުގެ ގޮތުން މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާނެ ގޮތްތަކެއް ރޭވުމުގައި އެހީތެރިވެދިނުން.
- ދަށުން މަސައްކަތްކުރާ މުވައްޒަފުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ޓާރގެޓް ކަނޑައަޅާ ފެންވަރުބަލައި މުއްދަތުގެ ތެރޭގައި ފެންވަރުބަލައި ޓީމްލީޑަރަށް ރިޕޯޓުކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައިކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ޔުނިޓާއި ހަވާލުކުރެވޭ މަޝްރޫޢުތައް ކޮންޓްރެކްޓްގައިވާ ޓައިމްލައިނާ އެއްގޮތަށް ހިންގުން.
- މަޝްރޫޢުތައް ހިނގަމުންދާއިރު ދޭންޖެހޭ ވޭރިއޭޝަން އެޕްރޫވަލްތައް ޑިޕާޓްމަންޓްގެ ކަމާބެހޭ އެހެން ޔުނިޓްތަކުގެ ލަފާއާއެކު ދިނުން.
- މަޝްރޫޢުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭ ޙާލަތްތަކުގައި، ސިވިލް ޑިޒައިން އެންޑް ކޮންސަލްޓެންސީ ސެކްޝަން ގެ އެހީގައި އެ ބަދަލުތައް ގެނައުން.
- ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް މޮނިޓަރ ކުރުމަށްޓަކައި އެޕްރައިޒަލް އެންޑް ވެލުއޭޝަން ޔުނިޓަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުން.
- މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމުން ރަސްމީކޮށް އެމަޝްރޫޢެއްހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
- މަޝްރޫޢުގެ މަސައްކަތްނިމިގެން ހިނގަމުންދާ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑްގައި ފާހަގަކުރެވޭ މައްސަލަތަށް މުއްދަތު ހަމަވުމުގެ ކުރިން ކޮންޓްރެކްޓަރުންނަށް އަންގައި ރަނގަޅުކުރުވުން. އަދި ކޮންޓްރެކްޓަރަށް ރަނގަޅުނުކުރެވޭ ޙާލަތުގައި އެމަސައްކަތް އެހެންފަރާތަކާއި ހަވާލުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ކޮންސަލްޓަންޓުންނާއި ހަވާލުކޮށްގެން ހިންގޭ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓާއި އެއްގޮތަށްތޯ ބެލުން.
- ބޭރުގެ ފަންޑިންގެ އެހީގައި ހިންގޭ މަޝްރޫޢުތައް އެފަދަ އޭޖޭންސީތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިއަށްގެންދޭތޯ ބެލުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލުު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް) ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
20 ރަބީޢުލްއާޚިރު 1436
|