މަޤާމު
|
ރެޖިސްޓަރޑް ނަރސް
|
ބޭނުންވާ އަދަދު
|
42 (ސާޅީސް ދޭއް)
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް
|
MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ރިސްކް އެލަވަންސް
|
-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
|
ޑިޕާޓްމަންޓް /ސެކްޝަން
|
ނަރސިންގ ޑިޕާޓްމަންޓް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނަރސިންގ ކެއަރ ދެވޭނެ ފަދަ އިންތިޒާމުތައްް ރޭވުމާއި، ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމާއި، މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ބޭނުންތަކަށާއި، ނަފްސާނީ ބޭނުންތަކަށާއި، އިޖުތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް، ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި، ރިފަރކޮށްފައިތިބޭ މީހުން އެ ޑޮކްޓަރަކަށް އެންގުން.
- ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.
- ދިމާވާ އިމަޖެންސީތައް ކަމާބެހޭ ޑޮކްޓަރުންނަށް ވަގުތުން އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން. ނުވަތަ؛
- ޑިޕްލޮމާއިން ކޮންވާރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.
(އެންރޯލްޑް ނަރސްއެއް ކޮންވާޝަން އިން ނަރސިންގ ކޯހުގައި ބައިވެރިވުމަށްޓަކައި މަސައްކަތުން ރިލީސް ކުރެވޭނީ މަދުވެގެން 2 އަހަރު އެންރޯލްޑް ނަރސްއެއްގެގޮތުގައި މަސައްކަތް ކުރުމަށްފަހުއެވެ.)
|
މި މަޤާމްތަކަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައްް
|
- މި ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން 14.30 ށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މުއްދަތު ހަމަނުވާ ނަރސިނގް ރެޖިސްޓްރޭޝަން، ލައިސަންސް ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.
|
އިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ސުންގަޑި
|
26 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
(2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3335234 އެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ ފެބުރުވަރީމަހާއި މާރިޗުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.
|
20 ރަބީޢުލްއާޚިރު 1436
|