ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2015/19
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 26 ފެބުރުވަރީ 2015 14:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ރެޖިސްޓަރޑް ނަރސް

ބޭނުންވާ އަދަދު

 42 (ސާޅީސް ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ނަރސިންގ ޑިޕާޓްމަންޓް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނަރސިންގ ކެއަރ ދެވޭނެ ފަދަ އިންތިޒާމުތައްް ރޭވުމާއި، ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމާއި، މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ބޭނުންތަކަށާއި، ނަފްސާނީ ބޭނުންތަކަށާއި، އިޖުތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
  2. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް، ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި، ރިފަރކޮށްފައިތިބޭ މީހުން އެ ޑޮކްޓަރަކަށް އެންގުން.
  3. ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.
  4. ދިމާވާ އިމަޖެންސީތައް  ކަމާބެހޭ ޑޮކްޓަރުންނަށް ވަގުތުން އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.

 ތަޢުލީމާއި ތަޖުރިބާ:

 

 

  1. ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން. ނުވަތަ؛
  2. ޑިޕްލޮމާއިން ކޮންވާރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.

(އެންރޯލްޑް ނަރސްއެއް ކޮންވާޝަން އިން ނަރސިންގ ކޯހުގައި ބައިވެރިވުމަށްޓަކައި މަސައްކަތުން ރިލީސް ކުރެވޭނީ މަދުވެގެން 2 އަހަރު  އެންރޯލްޑް ނަރސްއެއްގެގޮތުގައި މަސައްކަތް ކުރުމަށްފަހުއެވެ.)

މި މަޤާމްތަކަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

  1. މި ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން 14.30 ށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މުއްދަތު ހަމަނުވާ ނަރސިނގް ރެޖިސްޓްރޭޝަން، ލައިސަންސް ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

26 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

(2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ  ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3335234 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބުރުވަރީމަހާއި މާރިޗުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

20 ރަބީޢުލްއާޚިރު 1436

 

10 ފެބުރުވަރީ 2015