ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް އޯޝަނޮގްރަފިކް އޮބްޒަރވަރ (ވަގުތީ)
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ.އެސް 3 ، އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
މަޤާމުގެ މަސައްކަތުގެ މުއްދަތު
|
02 އަހަރު ދުވަސް
|
|
|
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/4,465 ރުފިޔާ ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
|
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ / އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް އެންޑް ލީގަލް
|
|
ބޭނުންވާ އަދަދު
|
01
|
|
ޝަރުޠު
|
- ތިމާވެއްޓާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އީ.އައި.އޭ ހެދުމަށް މަޝްރޫޢުތައް ހިންގާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުން، ސްކޯޕިންގް މީޓިންގ ރާވާ، އެމީޓިންގތަކުގެ ޔައުމިއްޔާ ލިޔުން އަދި ސްކޯޕިންގ މީޓިންގއަށް ބިނާކޮށް އީ.އައި.އޭގެ ޓާރމްސް އޮފް ރިފަރެންސް ތައްޔާރުކުރުން.
- އީ.އައި.އޭ / އައި.އީ.އީ ރިޕޯޓްތައް ހުށަހެޅުމުން އިވަލުއޭޓަރުންނާ ޙަވާލުކުރުން އަދި ރިޕޯޓްތައް ވެބްސައިޓަށް އަޕްލޯޑް ކުރުން އަދި ވެރިންގެ ލަފާގެ މަތިން ވަޒަންކުރެވޭ އީ.އައި.އޭ / އައި.އީ.އީ ރިޕޯޓްތަކުގެ ޑިޒިޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން، އަދި ޑިޒިޝަން ސްޓޭޓްމަންޓް ވެބްސައިޓަށް އަޕްލޯޑް ކުރުން އަދި ޑޭޓާބޭސް އަޕްޑޭޓް ކުރުން.
- އީ.އައި.އޭ ހަދަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަށް މަޝްރޫޢުތައް ހިންގާ ފަރާތްތަކުން ހުށަހަޅާ ސްކްރީނިންގ ފޯމުތަކަށް ވެރިންގެ ލަފާގެ މަތިން ސްކްރީނިންގ ޑިޒިޝަން ތައްޔާރުކުރުން.
- މޮނިޓަރިންގ ދަތުރުތައް އިންތިޒާމްކޮށް، ދަތުރުތަކުގައި ބައިވެރިވެ، މޮނިޓަރިންގ ރިޕޯޓްތައް ތައްޔާރުކުރުމާއި އެކި ދާއިރާތަކުންކުރާ އިންސްޕެކްޝަން ދަތުރުތަކުގައި ބައިވެރިވެ މަޝްރޫޢުތައް ކުރިއަށްދަނީ ތިމާވެށީގެ ޤާނޫނާ އެއްގޮތަށްތޯބަލައި، އަދި އީ.އައި.އޭ ނުހަދާ އެއްވެސް މަޝްރޫޢެއް ކުރިއަށްދޭތޯ ބަލައި އިންސްޕެކްޝަން ރިޕޯޓް ތައްޔާރުކުރުން.
- އީ.އައި.އޭގެ ލިޔުންތައް ތަރުތީބުކުރުމާއި ބެލެހެއްޓުން (ސްކްރީނިންގ ފޯމު، އެޕްލިކޭޝަން ފޯމު، ޕްރޮޖެކްޓް ބްރީފް، ޓާރމްސް އޮފް ރިފަރެންސް، އީ.އައި.އޭ / އައި.އީ.އީ ރިޕޯޓުތަކާއި ސީ.ޑީތައް، ޗެކްލިސްޓް، ރިވިއު ފޯމް ޑިޒިޝަން ސްޓޭޓްމަންޓް، ސްކޯޕިންގ ޔައުމިއްޔާ، މޮނިޓަރިންގ އަދި އިންސްޕެކްޝަން ރިޕޯޓްތައް، އީ.އައި.އޭ ކޮންސަލްޓަންޓުން ރެޖިސްޓަރ ކުރުމާގުޅޭ ލިޔެކިޔުމާއި ރެޖިސްޓްރޭޝަން ސެޓްފިކެޓްތައް އަދިވެސް ސެކްޝަނަށް އަންނަ ސިޓީތަކާއި އެހެނިހެން ލިޔުންތައް)
- ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުވެގެން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ އެކަންކަން ބެލެހެއްޓުމަށްޓަކައި އެހީތެރިވުން.
- ޝަކުވާތަކާ ގުޅިގެން އެތަންތަން ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަން ކުރުމުގައި ބައިވެރިވުން.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން މުއާމަލާތުކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީފަދަ ތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއެޖެންސީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
- ސުންގަޑި:17 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް،
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.
|
|
15 ރަބީއުލްއާޚިރު 1436
|
|