ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-FINHUM/1/2015/5
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 17 ފެބުރުވަރީ 2015 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް އޯޝަނޮގްރަފިކް އޮބްޒަރވަރ (ވަގުތީ)

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އޯޝަނޮގްރަފިކް އޮބްޒަރވަރ (ވަގުތީ)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 3 ، އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތުގެ މުއްދަތު

02 އަހަރު ދުވަސް

 

 

 

މުސާރައާއި އިނާޔަތްތައް

މުސާރަ: -/4,465 ރުފިޔާ                             ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

 

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ / އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް އެންޑް ލީގަލް

 

ބޭނުންވާ އަދަދު

01

 

ޝަރުޠު

  1. ތިމާވެއްޓާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،   ނުވަތަ
  2. ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އީ.އައި.އޭ ހެދުމަށް މަޝްރޫޢުތައް ހިންގާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުމުން، ސްކޯޕިންގް މީޓިންގ ރާވާ، އެމީޓިންގތަކުގެ ޔައުމިއްޔާ ލިޔުން އަދި ސްކޯޕިންގ މީޓިންގއަށް ބިނާކޮށް އީ.އައި.އޭގެ ޓާރމްސް އޮފް ރިފަރެންސް ތައްޔާރުކުރުން.
  2. އީ.އައި.އޭ / އައި.އީ.އީ ރިޕޯޓްތައް ހުށަހެޅުމުން އިވަލުއޭޓަރުންނާ ޙަވާލުކުރުން އަދި ރިޕޯޓްތައް ވެބްސައިޓަށް އަޕްލޯޑް ކުރުން އަދި ވެރިންގެ ލަފާގެ މަތިން ވަޒަންކުރެވޭ އީ.އައި.އޭ / އައި.އީ.އީ ރިޕޯޓްތަކުގެ ޑިޒިޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން، އަދި ޑިޒިޝަން ސްޓޭޓްމަންޓް ވެބްސައިޓަށް އަޕްލޯޑް ކުރުން އަދި ޑޭޓާބޭސް އަޕްޑޭޓް ކުރުން.
  3. އީ.އައި.އޭ ހަދަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަށް މަޝްރޫޢުތައް ހިންގާ ފަރާތްތަކުން ހުށަހަޅާ ސްކްރީނިންގ ފޯމުތަކަށް ވެރިންގެ ލަފާގެ މަތިން ސްކްރީނިންގ ޑިޒިޝަން ތައްޔާރުކުރުން.
  4. މޮނިޓަރިންގ ދަތުރުތައް އިންތިޒާމްކޮށް، ދަތުރުތަކުގައި ބައިވެރިވެ، މޮނިޓަރިންގ ރިޕޯޓްތައް ތައްޔާރުކުރުމާއި އެކި ދާއިރާތަކުންކުރާ އިންސްޕެކްޝަން ދަތުރުތަކުގައި ބައިވެރިވެ މަޝްރޫޢުތައް ކުރިއަށްދަނީ ތިމާވެށީގެ ޤާނޫނާ އެއްގޮތަށްތޯބަލައި، އަދި އީ.އައި.އޭ ނުހަދާ އެއްވެސް މަޝްރޫޢެއް ކުރިއަށްދޭތޯ ބަލައި އިންސްޕެކްޝަން ރިޕޯޓް ތައްޔާރުކުރުން.
  5. އީ.އައި.އޭގެ ލިޔުންތައް ތަރުތީބުކުރުމާއި ބެލެހެއްޓުން (ސްކްރީނިންގ ފޯމު، އެޕްލިކޭޝަން ފޯމު، ޕްރޮޖެކްޓް ބްރީފް، ޓާރމްސް އޮފް ރިފަރެންސް، އީ.އައި.އޭ / އައި.އީ.އީ ރިޕޯޓުތަކާއި ސީ.ޑީތައް، ޗެކްލިސްޓް، ރިވިއު ފޯމް ޑިޒިޝަން ސްޓޭޓްމަންޓް، ސްކޯޕިންގ ޔައުމިއްޔާ، މޮނިޓަރިންގ އަދި އިންސްޕެކްޝަން ރިޕޯޓްތައް، އީ.އައި.އޭ ކޮންސަލްޓަންޓުން ރެޖިސްޓަރ ކުރުމާގުޅޭ ލިޔެކިޔުމާއި ރެޖިސްޓްރޭޝަން ސެޓްފިކެޓްތައް އަދިވެސް ސެކްޝަނަށް އަންނަ ސިޓީތަކާއި އެހެނިހެން ލިޔުންތައް)
  6. ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުވެގެން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ އެކަންކަން ބެލެހެއްޓުމަށްޓަކައި އެހީތެރިވުން.
  7. ޝަކުވާތަކާ ގުޅިގެން އެތަންތަން ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަން ކުރުމުގައި ބައިވެރިވުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން މުއާމަލާތުކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީފަދަ ތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއެޖެންސީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)  ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

  • ސުންގަޑި:17 ފެބުރުވަރީ 2015  ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް،
  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

 

15 ރަބީއުލްއާޚިރު 1436

 

05 ފެބުރުވަރީ 2015