ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ 110 ވަނަ މާއްދާގައި ރަށުކައުންސިލްތަކުން ކޮންމެ އަހަރަކު ފެބުރުއަރީ އަދި ޖުލައިމަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުން ބާއްވަން ވަނީ ކަނޑައަޅާފައެވެ.
ވީމާ، މިކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުން 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެރޭ 20:45 ގައި ދަރިވަރުންގެ ހިޔާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި ދަންނަވާފައި އެވަނީއެވެ.
- 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ރިޕޯޓް ހުށަހެޅުން.
- 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ލަފާކުރާ ބަޖެޓް ހުށަހެޅުން.
- ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ މަޝްވަރާކުރުން.
- ރައްޔިތުންގެ ސުވާލާއި ޖަވާބު ދިނުން.
ވީމާ، މިބައްދަލުވުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.