ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2023/59
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 30 ޖުލައި 2023 20:45
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ 110 ވަނަ މާއްދާގައި ރަށުކައުންސިލްތަކުން ކޮންމެ އަހަރަކު ފެބުރުއަރީ އަދި ޖުލައިމަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުން ބާއްވަން ވަނީ ކަނޑައަޅާފައެވެ.

 ވީމާ، މިކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުން 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެރޭ 20:45 ގައި ދަރިވަރުންގެ ހިޔާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި ދަންނަވާފައި އެވަނީއެވެ.

 -          2023 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ރިޕޯޓް ހުށަހެޅުން.

-          2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ލަފާކުރާ ބަޖެޓް ހުށަހެޅުން.

-          ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ މަޝްވަރާކުރުން.

-          ރައްޔިތުންގެ ސުވާލާއި ޖަވާބު ދިނުން.

 ވީމާ، މިބައްދަލުވުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.           

23 ޖުލައި 2023