ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ބަންޑާރަ ގޯޗަށްއެދި ހުށަހަޅާފައިވާ ފޯމްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ދާއިމީ ލިސްޓް އާއްމުކުރުން.

ކުޑަހުވަދޫން  ބަންޑާރަ  ގޯއްޗަށް އެދި  ފޯމް  ހުށަހެޅުމަށް  ކޮށްފައިވާ  މި އިދާރާގެ ނަންބަރު: D-381/IUL/2022/59  ( 30 އޮގަސްޓް 2022 ) ގެ އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ދީފައިވާ ގޮތުގެ ވަގުތީ ލިސްޓާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކާއި، ދައުލަތުގެ އިދާރާތަކުން ހޯދުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ލިސްޓަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމަށްފަހު، ޕޮއިންޓު ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު މި އިޢުލާނާއިއެކު އާއްމު ކުރަމެވެ.

          ވީމާ، އާއްމު ކުރެވިފައިވާ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ މިއިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 2023 ޖުލައި 20 ން 25ށް  ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 14:00 ށް މިއިދާރާގައެވެ. އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާފަރާތްތަކުން ފޯމް ހުށަހަޅާނީ [email protected] އަށެވެ.

           ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ޖުލައި 2023
ހޯދާ