ދިވެހިރާއްޖެ
ކުޑަހުވަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: D-381/IUL/2022/59 ( 30 އޮގަސްޓް 2022 ) ގެ އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ދީފައިވާ ގޮތުގެ ވަގުތީ ލިސްޓާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކާއި، ދައުލަތުގެ އިދާރާތަކުން ހޯދުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ލިސްޓަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމަށްފަހު، ޕޮއިންޓު ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު މި އިޢުލާނާއިއެކު އާއްމު ކުރަމެވެ.
ވީމާ، އާއްމު ކުރެވިފައިވާ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ މިއިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 2023 ޖުލައި 20 ން 25ށް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 14:00 ށް މިއިދާރާގައެވެ. އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާފަރާތްތަކުން ފޯމް ހުށަހަޅާނީ [email protected] އަށެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.