ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރެވިފައިވާ ކެފޭ/ރެސްޓޯރަންޓް ކުއްޔަށް ދިނުމާއި ގުޅޭ
ނަންބަރު: TENDER/HMH/2023/038
ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރެވިފައިވާ ކެފޭ/ރެސްޓޯރަންޓް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ރެޖިސްޓްރޭޝަން: |
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް 20 ޖުލައި 2023ވާ ބުރާސްފަތި 12:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.
|
ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:
|
https://forms.gle/39ig2iLjAsuByz5T7
|
އަންދާސީ ހިސާބު ހުށަހެޅުން: |
މައުލޫމާތު ޝީޓާއި ބިޑް ހުށަހެޅުމުގެ ސުންގަޑި ބިޑުގައި ރެޖިސްޓިރީވާ ފަރާތްތަކަށް ރެޖިސްޓްރޭޝަންގެ ސުންގަޑި ހަމަވުމުން ހިއްސާކުރެވޭނެއެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 18 ޖުލައި 2023ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152 / 3350113
އީ-މެއިލް: [email protected]
11 ޖުލައި 2023
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް