ކުއްޔަށް ދިނުން
ނަންބަރު: TENDER/HMH/2023/038
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 20 ޖުލައި 2023 12:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރެވިފައިވާ ކެފޭ/ރެސްޓޯރަންޓް ކުއްޔަށް ދިނުމާއި ގުޅޭ

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރެވިފައިވާ ކެފޭ/ރެސްޓޯރަންޓް ކުއްޔަށް ދިނުމާއި ގުޅޭ

ނަންބަރު: TENDER/HMH/2023/038

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރެވިފައިވާ ކެފޭ/ރެސްޓޯރަންޓް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް 20 ޖުލައި 2023ވާ ބުރާސްފަތި 12:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

 

https://forms.gle/39ig2iLjAsuByz5T7

 

އަންދާސީ ހިސާބު ހުށަހެޅުން:

މައުލޫމާތު ޝީޓާއި ބިޑް ހުށަހެޅުމުގެ ސުންގަޑި ބިޑުގައި ރެޖިސްޓިރީވާ ފަރާތްތަކަށް ރެޖިސްޓްރޭޝަންގެ ސުންގަޑި ހަމަވުމުން ހިއްސާކުރެވޭނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 18 ޖުލައި 2023ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350113

އީ-މެއިލް: [email protected]

11 ޖުލައި 2023

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

11 ޖުލައި 2023