ދިވެހިރާއްޖެ
މި ސްކޫލުގެ މައި ގޭޓް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުން
މި ސްކޫލުގެ މައި ގޭޓް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖްރިބާ |
15% |
|
(Submitted experience duration / Benchmark experience duration) x Allocated Percentage |
މުއްދަތު |
10% |
|
(Duration / Bench Mark) x Allocated Percentage |
- ބިޑް އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކުސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޓީއަކުން ސްކޫލަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
ސްކޫލުގެ ނަން: ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް:
ރަށުގެ ނަން: ރަށުގެ ނަން:
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މި ސްކޫލުގައި ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަންޑައެޅިފައިވާ ފަރާތަކާ އެއް ހާޒިރުގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފުސީލުތައް އިވެލުއޭޝަންފޯމުގައި ފުރިހަމަކުރުމަށްފަހު ސޮއިކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓްކުރުމަށްޓަކައި ދ.ބަނޑިދޫ ސްކޫލުން އެކުލަވާލާފައިވާ ބިޑްއިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހަޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓްކުރުމަށްފަހު އެކަން ސްކޫލަން އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑްހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ސްކޫލުން ލިޔުމުން އަންގާނެއެވެ. ބިޑް މީޓިންގގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.