މަސައްކަތް
ނަންބަރު: GS-173/2015/04
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 17 ފެބުރުވަރީ 2015 11:00
ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
މައި ގޭޓް ހަދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ މައި ގޭޓް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ މައި ގޭޓް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.

ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

75%

  • ހުށަހަޅާ އަގަށް ދެވޭ މާކްސް
  • މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.

(Benchmark Price / Submitted Price) x Allocated Percentage

ތަޖްރިބާ

15%
  • ތަޖްރިބާއަށް ދެވޭ މާކްސް
  • މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގުމުއްދަތަށް.

(Submitted experience duration / Benchmark experience duration)  x Allocated Percentage

މުއްދަތު

10%

  • މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ  ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށް.

(Duration / Bench Mark) x Allocated Percentage

  1. ބިޑް އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކުސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޓީއަކުން ސްކޫލަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

ސްކޫލުގެ ނަން:                                  ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް:

ރަށުގެ ނަން:                                    ރަށުގެ ނަން:

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މި ސްކޫލުގައި ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަންޑައެޅިފައިވާ ފަރާތަކާ އެއް ހާޒިރުގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފުސީލުތައް އިވެލުއޭޝަންފޯމުގައި ފުރިހަމަކުރުމަށްފަހު ސޮއިކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓްކުރުމަށްޓަކައި ދ.ބަނޑިދޫ ސްކޫލުން އެކުލަވާލާފައިވާ ބިޑްއިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހަޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓްކުރުމަށްފަހު އެކަން ސްކޫލަން އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑްހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ސްކޫލުން ލިޔުމުން އަންގާނެއެވެ. ބިޑް މީޓިންގގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

05 ފެބުރުވަރީ 2015