އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް

                         އިޢުލާން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 3،  ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/7035ރ ، ސަރވިސް އެލަވަންސް: -/2000ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

 

ވަޒިފާ އަދާކުރަންޖެހޭ ރަށް ،އޮފީސް، ސެކްޝަން

މާލެ / އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ /  ވޭސްޓް މެނެޖްމަންޓް އެންޑް ޕޮލިއުޝަން ޕްރިވެންޝަން

 

ބޭނުންވާ އަދަދު

01

 

ޝަރުޠު

1. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށްޓާއި ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ

2. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު،  ތިމާވެށްޓާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު  ތިމާވެށްޓާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،  ނުވަތަ

4. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށްޓާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސޮލިޑް ވޭސްޓް އާއި ގުޅެގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  2. ސޮލިޑް ވޭސްޓް ސެކްޝަންގެ ވޯރކްޕްލޭނާއި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  3. ކުނި މެނޭޖްކުރުމުގައި ބޭނުންވާ ފަންނީ ލަފާއާއި އިރުޝާދު ދިނުން.
  4. ސޮލިޑްއަދި ހެޒާޑަސް ވޭސްޓްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާވާ ހިންގުމުގައި އެހީތެރިވުން.
  5. ސޮލިޑް ވޭސްޓްއާއި ގުޅެގޮތުން އެކްޝަން ޕްލޭންތައް ތައްޔާރު ކުރުމާއި, ރާވާ ހިންގުމުގައި އެހީތެރިވުން.
  6. ސޮލިޑް ވޭސްޓް މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުމާއި މިދާއިރާއާއި ގުޅޭ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވުން.
  7. މުވައްޒަފުންގެ ޕާފޯރމަންސް އެޕްރައިޒަލް މުވައްޒަފުންނާއި މަޝްވަރާކޮށްގެން ނިންމުން.
  8. އެއަރ ޕޮލިއުޝަން މޮނިޓަރ ކުރުމުގައި ކުރެވޭ މަސައްކަތް ރާވައި،ހިންގައި ބެލެހެއްޓުން.
  9. ވޭސްޓާ ގުޅޭގޮތުން ބަޔޯޑައިވާސިޓީގެ މަސައްކަތްތައް ކުރުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތިމާވެށްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  2. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުން.
  3. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި، ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއޭޖެންސީގެ ވެބްސައިޓް www.epa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)  ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

  • ސުންގަޑި: 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 1 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

 

13 ރަބީޢުލްއާޚިރު 1436

 

 

03 ފެބުރުވަރީ 2015
ހޯދާ