ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް.އެސް 3، ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
މުސާރައާއި ޢިނާޔަތްތައް
|
މުސާރަ: -/7035ރ ، ސަރވިސް އެލަވަންސް: -/2000ރ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
|
|
ވަޒިފާ އަދާކުރަންޖެހޭ ރަށް ،އޮފީސް، ސެކްޝަން
|
މާލެ / އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / ވޭސްޓް މެނެޖްމަންޓް އެންޑް ޕޮލިއުޝަން ޕްރިވެންޝަން
|
|
ބޭނުންވާ އަދަދު
|
01
|
|
ޝަރުޠު
|
1. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށްޓާއި ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
2. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ތިމާވެށްޓާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
3. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ތިމާވެށްޓާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
4. ތިމާވެށްޓާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށްޓާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސޮލިޑް ވޭސްޓް އާއި ގުޅެގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- ސޮލިޑް ވޭސްޓް ސެކްޝަންގެ ވޯރކްޕްލޭނާއި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- ކުނި މެނޭޖްކުރުމުގައި ބޭނުންވާ ފަންނީ ލަފާއާއި އިރުޝާދު ދިނުން.
- ސޮލިޑްއަދި ހެޒާޑަސް ވޭސްޓްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާވާ ހިންގުމުގައި އެހީތެރިވުން.
- ސޮލިޑް ވޭސްޓްއާއި ގުޅެގޮތުން އެކްޝަން ޕްލޭންތައް ތައްޔާރު ކުރުމާއި, ރާވާ ހިންގުމުގައި އެހީތެރިވުން.
- ސޮލިޑް ވޭސްޓް މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުމާއި މިދާއިރާއާއި ގުޅޭ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވުން.
- މުވައްޒަފުންގެ ޕާފޯރމަންސް އެޕްރައިޒަލް މުވައްޒަފުންނާއި މަޝްވަރާކޮށްގެން ނިންމުން.
- އެއަރ ޕޮލިއުޝަން މޮނިޓަރ ކުރުމުގައި ކުރެވޭ މަސައްކަތް ރާވައި،ހިންގައި ބެލެހެއްޓުން.
- ވޭސްޓާ ގުޅޭގޮތުން ބަޔޯޑައިވާސިޓީގެ މަސައްކަތްތައް ކުރުން.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތިމާވެށްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި، ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއޭޖެންސީގެ ވެބްސައިޓް www.epa.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
- ސުންގަޑި: 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 1 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.
|
|
13 ރަބީޢުލްއާޚިރު 1436
|
|