ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަގާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: |
މެނޭޖަރ ، ހިއުމަން ރިސޯސަސް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
-/17,070 (ސަތާރަހާސް ހަތްދިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/2,500 (ދެހާސް ފަސް ސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ |
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، - ނުވަތަ މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން - ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، - ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
މަޤާމު: |
ސައިޓް ސުޕަވައިޒަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
-/6760 (ހަ ހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެފައިސާ |
އައުޓްސްޓޭޝަން އެލަވަންސް |
ރަށުން ބޭރުގައި މަސައްކަތް ކުރާނަމަ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/45 (ސާޅީސް ފަސް ރުފިޔާ) |
އައުޓްސްޓޭޝަން ފުޑް އެލަވަންސް |
ރަށުން ބޭރުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/120 (އެއް ސަތޭކަ ވިހި ރުފިޔާ) |
މަސައްކަތް ކުރަންޖެހޭތަން: |
މާލެ އާއި އަތޮޅު ތެރޭގައި ގާއިމު ކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް އޮފީހުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ޕްރޮޖެކްޓް ސައިޓްގެ މަސައްކަތްތައް ރާވަނި ހިންގުމާއި ބެލެހެއްޓުން. - ޕްރޮޖެކްޓް ސައިޓްގެ މަސައްކަތްތައް ރިޕޯޓްކުރަންވާ ފަރާތްތަކަށް ރިޕޯޓްކުރުން |
ފެންވަރު ނުވަތަ ޝަރުޠު: |
- މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން. - އެކިއެކި ޕްރޮޖެކްސް ރާވާ ހިންގުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު އެކަން ސާބިތުކޮށްދިނުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން. |
މަޤާމު: |
އެސިސްޓެންޓް ސާރވެޔަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސް ދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކުންފުނީގައި ހަމަޖައްސާފައި އޮންނަ އުސޫލެއްގެ މަތީން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކުންފުނިން ހިންގާ އެކިއެކި ޕްރެޖެކްޓްތަކުގެ ސާރވޭ މަސައްކަތްތައް ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން، ނުވަތަ - އޯލެވެލް އިން އިގިރޭސި، ދިވެހި އަދި ހިސާބު މި3 މާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން. - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން. |
މަޤާމު: |
ގްރެފިކްސް ޑިޒައިނަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ) |
މަސައްކަތް ކުރަންޖެހޭތަން: |
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކްލައިންޓުންނާއި ވާހަކަ ދައްކާ އެމީހުންގެ ލަފަޔާއި މަޝްވަރާ މަސައްކަތްތަށް ބޭނުންވާ ތަކެއްޗާއި ބަޖެޓާބެހޭ ގޮތުން ހޯދުން. - ކްލައިންޓުންގެ ޕްރޮޕޯސަލްތައް ޓައިޕްކުރުމާއި ޑިޒައިންކުރުމާއި ޕްރިންޓްކުރުމާއި އެތައްޔާރުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. - ކްލައިންޓުންނަށް މަސައްކަތް ކުރަންވާގޮތް ކިޔައިދީ އޮޅުންފިލުވައި ދިނުމާއި ޑިޒައިން ކުރުމުގެ ސްޓައިލާއި، ފޯމެޓް، ޕްރިންޓްކުރުމާއި ތައްޔާރު ކުރުމުގެ އިތުރުން މަސައްކަތަށް އެރުވޭނެ/ ދެވޭނެ ވަގުތު ކަނޑައެޅުމުގެ އެންމެހައި ކަންތައްތަކެއްގައި ކްލަޔަންޓަށް ލަފާއެރުވުން. - ކުންފުންޏަށް ބޭނުންވާ ގްރެފިކްސްއާއި ތަފާތު މަސައްކަތްތަކަށް ބޭނުންވާ ނުވަތަ އުފެއްދުންތަކަށް ބޭނުންވާ ލޭއައުޓް ތައްޔާރު ކުރުމާއި އެތަކެތި ކުރަހައި ކުންފުނީގެ ލޯގޯ އާއި ވެބް ސައިޓް އުފައްދާ ފަރުމާކުރުން. - ތަފާތު މަސައްކަތްތަކަށް ބޭނުންވާ ކުރެހުންތަކުގެ ސައިޒް ކަނޑައެޅުމާއި، އެމަސައްކަތުގައި ބޭނުންކުރާނެ ފޮންޓާއި ގެންގުޅޭނެ މިން އެކަށައެޅުން. - ކަނޑައެޅޭ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ޑްރާފްޓް ތައްޔާރުކުރުން. - ފައިނަލް ލޭއައުޓް ތައްޔާރު ކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތަކުގެ ލަފާ އެރުވުން . - ކުންފުނީގެ ބޭރުން މަސައްކަތްތައް ހަވާލުކުރެވޭ ފަރާތްތަކާއެކު ވާހަކަދައްކާ ހަވާލުކުރެވޭ މަސައްކަތްތައް ފެންވަރު ރަނގަޅުކޮށް ސުންގަޑީގެ ކުރިން ނިންމުމަށް ބާރުއަޅާ އެގޮތަށް މަސައްކަތްތައް ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 3 މާއްދާއިން C ފާސްލިބިފައިވުމާއިއެކު ދިވެހިން C ފާސްލިބިފައިވުން - ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން. - މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރަތްތަކަށް އިސްކަންދެވޭނެއެވެ. - ޞިއްޙަތު ސަލާމަތުން ހުރުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން |
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޓްރޭނީ) |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މުސާރަ: |
-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1500 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ |
މަސައްކަތް ކުރަންޖެހޭތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ޕްރޮޖެކްޓް ސައިޓް އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރުން. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 3 މާއްދާއިން C ފާސްލިބިފައިވުމާއިއެކު ދިވެހިން C ފާސްލިބިފައިވުން - ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން. - މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރަތްތަކަށް އިސްކަންދެވޭނެއެވެ. - ޞިއްޙަތު ސަލާމަތުން ހުރުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން |
މަޤާމު: |
އޮފީސް އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މުސާރަ: |
-/4560 (ހަތަރު ހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
މަސައްކަތް ކުރަންޖެހޭތަން: |
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- އެކިއެކި ފަރާތްތަކަށް ކުނފުނިން ފޮނުވަންޖެހޭ ސިޓީ ފަދަތަކެތި އެފަރާތްތަކަށް ރައްދުކޮށްދިނުމާއި، - އޮފީހުގެ އެތެރޭގެ އެއްސެކްޝަނުން އަނެއް ސެކްޝަނަށް ފޮނުވަންޖެހޭ ލިޔުން ފަދަ ތަކެތި ރައްދުކޮށްދިނުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން |
ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭ ގޮތަށް 15 ފެބުރުވަރީ 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.
13 ރަބީޢުލްއާޚިރު 1436