ވަޒީފާގެ ފުރުޞަތު
ނަންބަރު: MRDC-IUL/2015/03
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 15 ފެބުރުވަރީ 2015 12:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 އިޢުލާން

މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަގާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

މެނޭޖަރ ، ހިއުމަން ރިސޯސަސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/17,070 (ސަތާރަހާސް ހަތްދިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/2,500 (ދެހާސް ފަސް ސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1.  މިކުންފުނީގެ ހިއުމަން ރިސޯސަސް ޔުނިޓާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން އަދި އޮފީހުގެ ޑިވެލޮޕްމަންޓް ސްޓެރެޓަޖީއަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ތަރައްޤީކޮށް، އެއަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

- ނުވަތަ މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

- ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

- ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު:

ސައިޓް ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:

01  (އެކެއް)

މުސާރަ:

-/6760 (ހަ ހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެފައިސާ

އައުޓްސްޓޭޝަން އެލަވަންސް

ރަށުން ބޭރުގައި މަސައްކަތް ކުރާނަމަ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/45 (ސާޅީސް ފަސް ރުފިޔާ)

އައުޓްސްޓޭޝަން ފުޑް އެލަވަންސް

ރަށުން ބޭރުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/120 (އެއް ސަތޭކަ ވިހި ރުފިޔާ)

މަސައްކަތް ކުރަންޖެހޭތަން:

މާލެ އާއި އަތޮޅު ތެރޭގައި ގާއިމު ކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް އޮފީހުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ޕްރޮޖެކްޓް ސައިޓްގެ މަސައްކަތްތައް ރާވަނި ހިންގުމާއި ބެލެހެއްޓުން.

- ޕްރޮޖެކްޓް ސައިޓްގެ މަސައްކަތްތައް ރިޕޯޓްކުރަންވާ ފަރާތްތަކަށް ރިޕޯޓްކުރުން

ފެންވަރު ނުވަތަ ޝަރުޠު:

- މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން

-  ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

-  އެކިއެކި ޕްރޮޖެކްސް ރާވާ ހިންގުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު އެކަން ސާބިތުކޮށްދިނުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

މަޤާމު:

އެސިސްޓެންޓް ސާރވެޔަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސް ދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކުންފުނީގައި ހަމަޖައްސާފައި އޮންނަ އުސޫލެއްގެ މަތީން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނިން ހިންގާ އެކިއެކި ޕްރެޖެކްޓްތަކުގެ ސާރވޭ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

-  މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން، ނުވަތަ

-  އޯލެވެލް އިން އިގިރޭސި، ދިވެހި އަދި ހިސާބު މި3 މާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން.

-  ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

-  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

މަޤާމު:

ގްރެފިކްސް ޑިޒައިނަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ)

މަސައްކަތް ކުރަންޖެހޭތަން:

- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކްލައިންޓުންނާއި ވާހަކަ ދައްކާ އެމީހުންގެ ލަފަޔާއި މަޝްވަރާ މަސައްކަތްތަށް ބޭނުންވާ ތަކެއްޗާއި ބަޖެޓާބެހޭ ގޮތުން ހޯދުން.

- ކްލައިންޓުންގެ ޕްރޮޕޯސަލްތައް ޓައިޕްކުރުމާއި ޑިޒައިންކުރުމާއި ޕްރިންޓްކުރުމާއި އެތައްޔާރުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

- ކްލައިންޓުންނަށް މަސައްކަތް ކުރަންވާގޮތް ކިޔައިދީ އޮޅުންފިލުވައި ދިނުމާއި ޑިޒައިން ކުރުމުގެ ސްޓައިލާއި، ފޯމެޓް، ޕްރިންޓްކުރުމާއި ތައްޔާރު ކުރުމުގެ އިތުރުން މަސައްކަތަށް އެރުވޭނެ/ ދެވޭނެ ވަގުތު ކަނޑައެޅުމުގެ އެންމެހައި ކަންތައްތަކެއްގައި ކްލަޔަންޓަށް ލަފާއެރުވުން.

- ކުންފުންޏަށް ބޭނުންވާ ގްރެފިކްސްއާއި ތަފާތު މަސައްކަތްތަކަށް ބޭނުންވާ ނުވަތަ އުފެއްދުންތަކަށް ބޭނުންވާ ލޭއައުޓް ތައްޔާރު ކުރުމާއި އެތަކެތި ކުރަހައި ކުންފުނީގެ ލޯގޯ އާއި ވެބް ސައިޓް އުފައްދާ ފަރުމާކުރުން.

- ތަފާތު މަސައްކަތްތަކަށް ބޭނުންވާ ކުރެހުންތަކުގެ ސައިޒް ކަނޑައެޅުމާއި، އެމަސައްކަތުގައި ބޭނުންކުރާނެ ފޮންޓާއި ގެންގުޅޭނެ މިން އެކަށައެޅުން.

- ކަނޑައެޅޭ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ޑްރާފްޓް ތައްޔާރުކުރުން.

- ފައިނަލް ލޭއައުޓް ތައްޔާރު ކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތަކުގެ ލަފާ އެރުވުން .

- ކުންފުނީގެ ބޭރުން މަސައްކަތްތައް ހަވާލުކުރެވޭ ފަރާތްތަކާއެކު ވާހަކަދައްކާ ހަވާލުކުރެވޭ މަސައްކަތްތައް ފެންވަރު ރަނގަޅުކޮށް ސުންގަޑީގެ ކުރިން ނިންމުމަށް ބާރުއަޅާ އެގޮތަށް މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 3 މާއްދާއިން C ފާސްލިބިފައިވުމާއިއެކު ދިވެހިން C  ފާސްލިބިފައިވުން

-  ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

-  މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރަތްތަކަށް އިސްކަންދެވޭނެއެވެ.

- ޞިއްޙަތު ސަލާމަތުން ހުރުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޓްރޭނީ)

ބޭނުންވާ ޢަދަދު:

02 (ދޭއް)

މުސާރަ:

-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-  ޕްރޮޖެކްޓް ސައިޓް އޮފީހަށް ބޭނުންވާ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

-  ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 3 މާއްދާއިން C ފާސްލިބިފައިވުމާއިއެކު ދިވެހިން C  ފާސްލިބިފައިވުން

-  ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

-  މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރަތްތަކަށް އިސްކަންދެވޭނެއެވެ.

- ޞިއްޙަތު ސަލާމަތުން ހުރުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން

މަޤާމު:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

02 (ދޭއް)

މުސާރަ:

-/4560 (ހަތަރު ހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

މަސައްކަތް ކުރަންޖެހޭތަން:

- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- އެކިއެކި ފަރާތްތަކަށް ކުނފުނިން ފޮނުވަންޖެހޭ ސިޓީ ފަދަތަކެތި އެފަރާތްތަކަށް ރައްދުކޮށްދިނުމާއި،

- އޮފީހުގެ އެތެރޭގެ އެއްސެކްޝަނުން އަނެއް ސެކްޝަނަށް ފޮނުވަންޖެހޭ ލިޔުން ފަދަ ތަކެތި ރައްދުކޮށްދިނުން.

ފެންވަރު ނުވަތަ ޝަރުޠު:

-  ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭ ގޮތަށް 15 ފެބުރުވަރީ 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.

13 ރަބީޢުލްއާޚިރު 1436

02 ފެބުރުވަރީ 2015