ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ކޮންސަލްޓެންޓް (ކަރިކިއުލަމް ޑިވެލޮޕަރ)
މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެމުންދާ މޮޑިއުލްތަކުގެ ކަރިކިއުލަމްތައް އަދާހަމަކުރުމަށް ބޭނުންވާތީވެ، މި މަޤާމަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަޤާމު/ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
ވަޒީފާގެ ފުރުސަތު |
ކޮންސަލްޓެންޓް (ކަރިކިއުލަމް ޑިވެލޮޕަރ) |
ބޭނުންވާ އަދަދު |
01 |
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖުލައި 2023 ވާ އަންގާރަ ދުވަހު ގެ މެންދުރު 14:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ކަމާގުޅުންހުރި ވެލިޑޭޓްކޮށްފައިވާ ލިޔެކިޔުންތަށް އަދި ވަނަވަރު، މި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:
- އެކްސްޕްރެސް އޮފް އިންޓެރެސްޓް
- ސީ.ވީ
- އެކްރެޑިއެޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓް
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރެންސް ލެޓަރތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
ޓަރމްސް އޮފް ރެފަރަންސް:
މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.
ކޮންސަލްޓަންޓަކު ހޮވުން:
ކޮންސްލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓްވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ.