މަސައްކަތް
ނަންބަރު: (IUL)213-HR/213/2023/45
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 11 ޖުލައި 2023 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ކޮންސަލްޓެންޓް (ކަރިކިއުލަމް ޑިވެލޮޕަރ)

ވަޒީފާގެ ފުރުސަތު: ކޮންސަލްޓެންޓް (ކަރިކިއުލަމް ޑިވެލޮޕަރ)

މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެމުންދާ މޮޑިއުލްތަކުގެ ކަރިކިއުލަމްތައް އަދާހަމަކުރުމަށް ބޭނުންވާތީވެ، މި މަޤާމަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަޤާމު/ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

ވަޒީފާގެ ފުރުސަތު

ކޮންސަލްޓެންޓް (ކަރިކިއުލަމް ޑިވެލޮޕަރ)

ބޭނުންވާ އަދަދު

01

 

 

އެޕްލިކޭޝަން ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން  11 ޖުލައި 2023 ވާ އަންގާރަ ދުވަހު ގެ މެންދުރު 14:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ކަމާގުޅުންހުރި ވެލިޑޭޓްކޮށްފައިވާ ލިޔެކިޔުންތަށް އަދި ވަނަވަރު، މި މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:

  • އެކްސްޕްރެސް އޮފް އިންޓެރެސްޓް
  • ސީ.ވީ
  • އެކްރެޑިއެޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓް
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރެންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ  ޕާސްޕޯޓް ކޮޕީ

 

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ކޮންސަލްޓަންޓަކު ހޮވުން:

ކޮންސްލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓްވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ.

04 ޖުލައި 2023